ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަކުއްޖާ ނިޔާވި އެކްސިޑެންޓު: ފުލުހުން ބުނީ ކުއްޖާގެ ގައިގައި އެހެން ކާރަކުން ޖެހުނުކަމަށް ބެލެވޭކަމަށް!

Big Qz0f9kHMg1D6FA2H71UEdZYew
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހުޅުމާލެ ހިނގި އެކްސިޑެންޓުގައި ނިޔާވި ކުޑަކުއްޖާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާކަމަށް ބެލެވޭކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ތަވަރުތައް ކައިރީގައި ހިނގި އެކްސިޑެނޓުގައި ޢުމުރުން 9 އަހަރުގެ ޒީވާ ސިނާން އަޙްމަދު ވަނީ ނިޔާވެފައެވެ. އެކުއްޖާ ނިޔާވީ ލިބުނު ޖަޚަމްތަކަށް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެގެ ފަތިހުއެވެ.

މި މައްސަލަ ދިވެހި ފުލުހުން އަންނަނީ ތަހުގީގްކުރަމުންނެވެ. އެ ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނީ  ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީނުން ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނުކަމަށާއި، އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރެއް، ސައިކަލުން ވެއްޓުނު، ކުޑަކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

އެގޮތަށް ދިމާވީ ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބުމުންކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނިޔާވި ކުއްޖާގެ ގައިގައި އެ ކާރުން ޖެހުނުކަން ނުވަތަ އެ ކާރު އެކުއްޖާގެ ގައިމައްޗަށް އަރާފައިވާކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ 3 އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި 3 މީހުންގެ ލައިސަންސްވެސް ވަނީ ހިފަހައްޓާފައެވެ. އަދި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 0RhA4o2amoyZSAf3DtVFfWcHY

މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި، އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ!

ބްރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

police

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

Hulhumale

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން