ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޯސަން މަގު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް

448964 3 037430c446ec08e53c8e13c8415a0fd9dd30ac63
Maldivian_Ads
STO_Ads
TTH_Ads
Advertisement

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ދަންވަރު މާލޭގެ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ދިޔަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ޙަސަނެވެ. އޭނާ އެންމެ ފުރަތަމަ ބަންދުކުރީ 15 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ގާޒީ ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ.

ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި، މާހު ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނެތި، އިންތިހާއަށް ބާރު ސްޕީޑުގައި، ޒިގްޒެގްވާ ގޮތަށް ނުރައްކާތެރިކޮށެވެ. އަދި މި ހާދިސާ ހިނގުމުގެ ކުރިން ވެސް، ޤަވާއިދާ ޚިލާފުވެގެން މި އަހަރުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ފުލުހުން އޭނާ ހުއްޓުވައި ޖޫރިމަނާކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ.

HajjCop_ads
Advertisement

މި އެކްސިޑެންޓުގައި މާހުގެ ސައިކަލުން ޖެހުނު އަނެއް ސައިކަލުގެ ފަހަތުގައި އިން، ށ. ފޯކައިދޫ، މަގުމަތީގޭ، ޢާއިޝަތު މާހިދާ (26އ) ގެ ސިކުނޑިއަށް ވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް، ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ހޯދަމުންދާތާ ހަތަރު ދުވަސް ފަހުން، މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭނާ ވަނީ ނިޔާވެފައެވެ.
މާހު ކޯޓުގައި އެދިފައިވަނީ، އެ އެކްސިޑެންޓުގައި އޭނާއަށް ވެސް އަނިޔާވެފައިވާތީ ބަންދަށް ލުޔެއް ދިނުމަށެވެ. އަދި ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް އޭނާ ބުނުމުން، މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް ޒިހުނީ ވަނީ ވަކީލަކާ ނުލައި ދައްކާ ވާހަކަތައް އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ކަމަށާއި، ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން ހަނދާންކޮށްދެއްވާފައެވެ.

އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، ކުށްކުރި މީހާ 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އާންމު ހާލަތްތަކުގައި އެފަދައިން ދުއްވައިފިނަމަ ޖޫރިމަނާއަކީ 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. މީގެއިތުރުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރި ނަމަވެސް، ޤާނޫނުލްއުޤޫބާތުގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައި

police

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާ ދޯންޏެއް ޖެހި، އެކްސިޑެންޓް ވެއްޖެ

kulli khabaru

ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، 3 މީހުންގެ ހާލު ސީރިއަސް

އެކްސިޑެންޓްގައި ނިޔާވި ދަރިވަރުގެ ޖަނާޒާ މަޣްރިބް ނަމާދަށްފަހު