ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޯސަންމަގުގައި ހިނގި އެކްސިޑެންޓުގައި ނިޔާވި މާހިދާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ފާއިތުވި އާދީއްތަދުވަހު ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަަށް ފަރުވާދެމުންދަނިކޮށް ނިޔާވި އާއިޝަތު މާހިދާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މާޙިދާއަކީ މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރުގެ މަޤާމުގައި ހުރި މުވައްޒިފެކެވެ. މާޙިދާ ނިޔާވުމާއި ގުޅިގެން އިމިގްރޭޝަނުން ވަނީ ތަޢުޒިޔާ ކިޔާފަ އެވެ. އެ އިދާރާގެ ވަޒީފާއާ އޭނާ ގުޅުނުފަހުން ނުވަ މަސް ފާއިތުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މާހިދާ ނިޔާވުމާ ގުޅިގެން މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްްވި މެސެޖުގައި ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ނިޔާވި މޯލްޑިވްސް އިމިގްރޭޝަނުގެ މުވައްޒަަފު އާއިޝަތު މާހިދާގެ އައިލާއަށާއި، އެ އިދާރާގެ މުވައްޒަަފުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ.

HajjCop_ads
Advertisement

ރައީސްވަނީ މާހިދާއަށް މާތްﷲގެ ތަނަވަސް ރަހުމަތް މިންވަރުކުރެއްވުމަށާއި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި އޭނާ ލެއްވުން އެދިވަޑައިގެން ދުއާކުރައްވާފައެވެ.

މާހިދާ ނިޔާވުމާ ގުޅިގެން އިމިގްރޭޝަނުންވެސް އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައިވެއެވެ. އިމިގްރޭޝަނުން ބުނީ

އެ އިދާރާއާ ގުޅުނީ މީގެ ނުވަ މަހެއްހާ ދުވަސްކުރީން މި އަހަރުގެ ޖަނަވަރީ މަހު ކަމަށެވެ. މި މުއްދަތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާޙިދާ އަދާކުރި ދައުރު އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައިވެ އެވެ.

އަދި އާއިލާއަށް ތައުޒިޔާ ފޮނުވައި ކެތްތެރިކަމަށް އެދިފައިވެ އެވެ. މަރްޙޫމްގެ ފާފަ ފެއްސެވުމާއި ޖަންނަތުގައި ލެއްވުން އެދި ދުޢާ ކޮށްފައިވެ އެވެ.

ށ. ފޯކައިދޫއަށް ނިސްބަތްވާ ޒުވާނާގެ ޖަނާޒާ އޮތީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ތިން މީހަކަށް ވަރަށް އަނިޔާވި އެވެ. ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓާއި ގުޅިގެން، ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ކުރީން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ބޭރު ފަރާތަކަށް ބިން މިލްކުވާނެ ފުރުޞަތެއް ނުދޭނަން: ރައީސް

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ

Quran

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކް ހޯދައިފި

473629 58b3876e 8

ޗައިނާއާއި ރާއްޖޭގެ ރަޙްމަތްތެރިކަމަކީ ކުރިމަގަށް އެޅިގެންދާ ބްރިޖްތަކެއް: ރައީސް