މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭ ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށް އޭޏާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި އެކްސިޑެންޓު ހިނގީބާރު ސްޕީޑުގައި ދިއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވިއެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 22 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަނިޔާވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އަންހެން މީހާލު ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ޙަސަންއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި އެކްސިޑެންޓުގެ ވީޑިއޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަގޮތުގައި ސީރިއަސް އަނިޔާތކެއް ލިބުނު އަންހެން މީހާ ވެއްޓި ބޮލުން ގިނައިން ލޭ ފައިބާފައިވެއެވެ. އަދި އަނެއް ދެ ފިރިހެނުންނަށްވެސް އަނިޔާވެފައިވެއެވެ.
ފުލުހުން ބުނީ މި އެކްސިޑެޓުގައި އެއް ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގްކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު