ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ

Maldivian_Ads
STO_Ads
TTH_Ads
Advertisement

ސޯސަން މަގުގައި މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، އޭޑީކޭ ފަރުވާ ދެމުންދިޔަ ދިވެހި އަންހެން މީހާ މަރުވެއްޖެ އެވެ.

އިތުބާރު ހިފޭ މަސްދަރަކުން “މުޅިރާއްޖެ” އަށް ކަށަވަރުވެފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައިވަނީ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާތަކަށް އޭޑީކޭގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު 17:26 އެހާކަންހާއިރެވެ.

އެނގިފައިވާ ގޮތުގައި، މަރުވެފައިވަނީ އައިޝަތު މާހިދާ 26އ އެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އިމިގްރޭޝަންގައެވެ.

HajjCop_ads
Advertisement

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ އާދިއްތަ ދުވަހުގެ ރޭ 1:50 ހާއިރު ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ވޭވް 125 ބްރޭންޑުގެ ކަޅު ކުލައިގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހިގެންނެވެ. އެ ތަނުން ވޭވް ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. އަނެއް ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާކަންވެސް އެނގިފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބްރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

Io

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ދެ މީހުން ވެންޓިލޭޓަރުން ނަގައިފި

WhatsApp Image 2026 10 14 at 10.58.34

ތިން މީހުންނާއެކު ސައިކަލް ދުއްވި ސައިފް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

Accident 1536x868

މެލޭޝިއާ ކާރު އެކްސިޑެންޓް: ޑްރައިވަރުގެ މައްޗަށް 3 ދައުވާއެއް އުފުލައިފި