އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ހަމަލާ ދީފައިވަނީ ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ ހުޅަނގުގެ ތަލް އަލް ހަވާ އަވަށުގައި ހުންނަ ސިނާއީ ސަރަހައްދަކަށް ކަމަށް ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
މި ހަމަލާތަކުގައި ތިންމީހުން ޝަހީދުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުންގެ ޖެޓުތަކުން އެ ސަރަހައްދަށް އަޅާފައިވަނީ ބޮމެވެ.
ސިނާއީ ސަރަހައްދަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާއެކު، އެ ސަރަހައްދުގައި އާންމުން ދިރިއުޅޭ އެތައް ޓެންޓެއްގައިވެސް އަލިފާން ރޯވެ އަނދާފައި ވެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ގާޒާ ސިޓީއަށް ބޮންއަޅާ ވަގުތު މުޅި ސަރަހައްދު ގޮވައިގެންދާ މަންޒަރާއި، އަލިފާން ރޯވެ އަނދާ މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދިފައި ވީނަމަވެސް، އެއްބަސްވުމާ ޚިލާފްވެ ޓެރަރިސްޓުން ގެންދަނީ ކޮންމެ ދުވަހަކު ޣައްޒާގެ އާންމުން ޝަހީދުކުރަމުންނެވެ.
މުޅި ޣައްޒާގައި ފެންބޮޑުވެފައި ވާއިރު، ޓެންޓުތަކަށް ބޮންއަޅައި އާއިލާތައް ޝަހީދުކޮށް ބޮޑެތި ޖަރީމާތައް ގެންދަނީ ހިންގަމުންނެވެ.
ބިންތިރި ހިސާބުތަކުން ބިންގަނޑު އުސް އަދި ފެންބޮޑުވުމުން ސަލާމަތްވުމަށް އެހެން ސަރަހައްދުތަކަށް ދަތުރުކުރާ އާންމުންގެ ގަޔަށް ބަޑިޖަހައި ގެންދަނީ ޝަހީދުކުރަމުންނެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.