ހުޅުލާމޭގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ރޭ ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި މި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން އަންނަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ ދެސައިކަލެއް ޖެހިގެން ކަމަށެވެ.

މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު