ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަޝްރޫޢުގެ ދަށުން، އދ. ދަނގެތީގައި ޤާއިމުކުރަން ނިންމި ފިއުލް ސްކިޑް ޤާއިމުކޮށް ނިމި ޚިދުމަތް ދޭން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން އެ ސްކިޑުުން ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ހުރިހާ އަތޮޅަކުން އެސްޓީއޯއިން ތެޔޮ ވިއްކާ އެންމެ ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުޢިއްޒުގެ ތަސައްވުރެކެވެ. މިހާރު ދެ އަތޮޅަކުން ފިޔަވާ ހުރިހާ އަތޮޅަކަށް އެކަން ވަނީ ފަހިކުރެވިފަ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގަައި އެފްއެސްއެމްގެ ތެޔޮ ޝެޑުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގައި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ސަބްސިޑައިޒްކޮށް ހެޔޮ އަގުގައި ވަނީ ތެޔޮ ވިއްކާފަ އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.