އަންނަ މާޗު މަހުގެ ކުރިން އދ. ދަނގެތީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އދ އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ދަނގެއްޗަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެ ރަށަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށްވާތީ، އެ ރަށުގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ އަންނަ މާޗު މަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް މި ރަށުގައި ބަހައްޓާނަން” ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ، އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި އާބަން ސެންޓަރުތަކާއި ސިޓީތައް ހިމެނޭ ގޮތަށް ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ކުރާ ރަށްރަށުގައި ޖުމްލަ 30 ޑޮލަރު އޭޓީއެމް ބަހައްޓަން ބީއެމްއެލްއަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ އިސް ނެންގެވުމުގެ ދަށުން ބީއެމްއެލުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމްތައްވެސް ބަހައްޓަމުންނެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ހިމޭނެއެވެ.




ކިޔުންތެރިންގެ ހިޔާލު