ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޫރިޔާގެ ދެކުނުން ސިފައިން ނުބާލާނޭ ކަމަށް އިސްތިއުމާރީ ދައުލަތުން ބުނެފި

ލުބުނާނުގެ ދެކުނަށް އަރައިގެން އުޅޭ އިސްތިއުމާރީ ސިފައިންގެ ގްރޫޕެއް:
TTH_Ads
STO_Ads
Maldivian_Ads
Advertisement

ސޫރިޔާގެ ދެކުނުން ސިފައިން ނުބާލާނޭ ކަމަށް އިސްތިއުމާރީ އިސްރާއީލުން ބުނެފިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން މިއަދު  ބުނެފައިވަނީ، އިސްރާއީލުގެ ރައްޔިތުންނަށް ކުރިމަތިވާ “ނުރައްކާތައް” ނައްތާލުމަށްޓަކައި ސޫރިޔާގެ ދެކުނުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދާނޭ ކަމަށާއި، އަދި ސިފައިން ނުވެސް ފައިބާނޭ ކަމަށެވެ.

ސޫރިޔާގެ ދެކުނަށް އަރާތިބި އިސްތިއުމާރީ ސިފައިން ގެންދަނީ، ދޭތެރެ ދޭތެރެއިން މީހުން ދިރިއުޅޭ އަވަށްތައް ރެއިޑްކޮށް، ތަންތަނަށް ހަމަލާދީ މީހުންވެސް މަރަމުން ގެންދެއެވެ.

HajjCop_ads
Advertisement

ސޫރިޔާގެ ދެކުނުގައި އިއްޔެވެސް އާންމު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވެއެވެ.

ނުވިތާކަށް، ސޫރިޔާގެ ދެކުނު، ސޫރިޔާގެ އެހެން ހިސާބުތަކާ ވަކިކޮށްލުމަށްޓަކައި މަގެއް ހަދައި ކަށިނަރު ދަމައި އަދި ޚަންދަގު ކޮނެ ވަކިކުރުމުގެ މަސައްކަތްވެސް ހުއްޓާނުލާ ކުރިއަށް އެބަ ގެންދެއެވެ. އިސްތިއުމާރީ ސިފައިން މިމަސައްކަތް 2022 ވަނަ އަހަރުން ފެށިގެން ގެންދަނީ ކުރަމުންނެވެ.

ސޫރިޔާގެ ދެކުނުން ކުރިން ހިފާފައިވާ ބިންތަކުގެ އިތުރުން، ސޫރިޔާގެ އެތެރެއަށް އިތުރު ސިފައިން ފޮނުވައި މިހާރުވެސް ގެންދަނީ އިތުރު ސަރަހައްދުތައް ހިފަމުންނެވެ. އަދި ބިންތައް ހިފައި އެ ސަރަހައްދުތަކުގައި އިސްތިއުމާރީ ސިފައިންގެ މަރުކަޒުތަކާއި ޕޯސްޓްތައް ގެންދަނީ ހަދަމުންނެވެ.

އިސްތިއުމާރީ ދައުލަތުން ސޫރިޔާގެ ބިންތައް ހިފައި އިސްތިއުމާރު ފުޅާކުރަމުން ގެންދާތީ، ގަތަރު، އުރުދުން، ތުރުކީ އަދި ކުވައިތު ފަދަ ގައުމުތަކުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާއެކު، ސޫރިޔާގެ ދެކުނަށް އަރައިގަތް އިސްތިއުމާރީ ސިފައިން ހިފާފައިވާ ދަރާއޭ ނަމަކަށްކިޔުނު ދެކުނުގެ ރަށެއްގައި އިސްތިއުމާރީ ސިފައިން ނަގާފައިވާ ގްރޫޕް ފޮޓޯއެއްގައި، ސޫރިޔާ ދިދައިގެ މައްޗަށް ފައިން އަރައި އަދި އިސްތިއުމާރީ ދައުލަތުގެ ދިދަ އުފުލައިގެން ތިބި ފޮޓޯއެއް އިސްރާއީލުގެ ޗެނަލަކުން އާންމުކޮށްފައި ވެއެވެ.

ސޫރިޔާގެ އިސްތިގްލާލަށް އިސްތިއުމާރީ ދައުލަތުން އަރައިގެންފައިވާ މިންވަރު މި ފޮޓޯއިން އެކަނިވެސް ހާމަވާ ކަމަށް، ތަޖުރިބާކާރުން ބުނެއެވެ.

ތުރުކީގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި، ސޫރިޔާގެ ބިންތައް އިސްތިއުމާރުކުރުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައި ވެއެވެ. އަދި ސޫރިޔާގެ ހުރިހާ ބިންތަކުން އިސްތިއުމާރީ ސިފައިން  ފޭބުމަށްވެސް ގޮވާލާފައި ވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގެ އައް-ތާޖް ސަރަހައްދުން ފެނުނު އިތުރު 105 މީހުންގެ ކަށިތައް ވަޅުލައިފި

އިސްތިއުމާރީ އިސްރާއީލުން މުޅި ހުޅަނގު އައްސޭރި ހަފްތާއަކަށް “ލޮކްޑައުން” ކޮށްފި

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

ސޫރިޔާ ސިފައިންގެ ހަތިޔާރު ގުދަނަކަށް ހަމަލާދީ ގޮއްވާލައިފި