ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީރިއާ ބައިބައިކޮށްލަން އިސްރާއީލުން ކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަން: ސީރިއާގެ ވަގުތީ ރައީސް އައްޝަރާއާ

ސީރިއާގެ ވަގުތީ ރައީސް އަހްމަދު އައްޝަރާއާ
Maldivian_Ads
STO_Ads
TTH_Ads
Advertisement

ސީރިއާ ބައިބައިކޮށްލަން އިސްރާއީލުން ކުރާ މަސައްކަތް ކާމިޔާބު ނުވާނޭ ކަމަށް، ސީރިއާގެ ވަގުތީ ރައީސް އަހްމަދު އައްޝަރާއާ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ސީރިއާގެ ވެރިރަށަށް އިއްޔެދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅޭގޮތުން ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ މިއަދު ވާހަކަ ދައްކަވަމުން އައްޝަރާއާ ވިދާޅުވީ، ސީރިއާ ބައިބައިކޮށްލަން ވޭތުވެދިޔަ ދިގު މާޒީގައި ކުރެވުނު މަސައްކަތްތައްވެސް ސީރިއާގެ ރައްޔިތުން ނާކާމިޔާބު ކޮށްލީ ކަމަށާއި، އިސްރާއީލަކަށްވެސް އެކަން ނުކުރެވޭނޭ ކަމަށެވެ.

ސީރިއާގެ ވަގުތީ ރައީސް ވިދާޅުވީ، ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުނީއްސުރެ އިސްރާއީލުން މަސައްކަތް ކުރަމުން ގެންދަނީ ސީރިއާއަކީ ބައިބައިވުންބޮޑު، ހަމަނުޖެހުންތަކުގެ މައިދާނަކަށް ހަދާފައި ބޭއްވުމަށް ކަމަށެވެ. ސީރިއާ ފަޅިފަޅިކޮށްލަން ކަމަށެވެ.

HajjCop_ads
Advertisement

ސީރިއާގެ ދެކުނުގައި، ދުރޫޒް ދަރިކޮޅުގެ އަޣުލަބިއްޔަތު އޮންނަ ސުވައިދާ ސިޓީއަށް އިޝާރާތް ކުރައްވައި އަހްމަދު އައްޝަރާއާ ވިދާޅުވީ، ސީރިއާގެ ބައިމަދު ދުރޫޒް މީހުންނަކީ ސީރިއާގެ ގައުމީ ފޭރާމުގެ މުހިންމު ބައެއް ކަމަށާއި، އެމީހުން ހިމާޔަތްކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.

ދުރޫޒް ދަރިކޮޅުގެ މައްޗަށް ނުވަތަ އެމީހުން ދިރިއުޅޭ ސަރަހައްދުތަކުގެ މައްޗަށް އަތްގަދަކުރަން ބޭރުގެ ބާރުތަކުން ކުރާ މަސައްކަތާ ސީރިއާ ދެކޮޅު ހަދާނޭ ކަމަށްވެސް، ރައީސް އަްޝަރާއާ ވިދާޅުވިއެވެ.

ސީރިއާގެ ރައީސް ވިދާޅުވީ، އޭނާއާއި އޭނާގެ ސަރުކާރުގެ ވެރިންނަކީ ހަނގުރާމަ ދެކެ ބިރުގަން ބައެއް ނޫން ކަމަށާއި، އެމީހުންގެ މުޅި ދިރިއުޅުން ހޭދަކޮށްފައިވަނީ ރައްޔިތުން ދިފާއުކުރުމުގައި ކަމަށެވެ. ހަނގުރާމައާއި، ހަމަނުޖެހުންތަކުގެ ވަގުތުގައިވެސް އެމީހުން އިސްކުރީ ސީރިއާގެ މަސްލަހަތު ކަމަށް ރައީސް އައްޝަރާއާ ވިދާޅުވިއެވެ.

ޚަބަރުތައް ބުނާގޮތުގައި، އިއްޔެގެ ވައިގެ ހަމަލާތަކާ ގުޅިގެން ސީރިއާގެ ރައީސް އަހްމަދު އައްޝަރާއާގެ ބަސްމަގު އިސްރާއީލާމެދު މިހާރު މިވަނީ ދިމާ އިދިކޮޅަށް އެނބުރިގެން ގޮސްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ކ ކޮރަކަލި
ޒައިނިސްޓުން ނާއި ގުޅިގެން އުޅޭ ނީޒައިނިސްޓުންގެ ސިކުނޑީގެ ސެލްތައް ހުންނަ މީހުން

ގުޅުންހުރި

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

ސޫރިޔާ ސިފައިންގެ ހަތިޔާރު ގުދަނަކަށް ހަމަލާދީ ގޮއްވާލައިފި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި