ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީރިއާގެ ގޯލާން ހައިޓްސްގައި އިސްރާއީލު ސިފައިންގެ މީހަކު މަރާލައިފި

TTH_Ads
STO_Ads
Advertisement

ސީރިއާގެ ގޯލާން ހައިޓްސްގައި ތިބި އިސްރާއީލު ސިފައިންގެ ފައުޖުގައި ހިމެނޭ ސިފައިންގެ މީހަކު މަރާލައިފިއެވެ. މި ހަމަލާގައި އިތުރު 3 މީހުން ޒަޚަމްވި ކަމަށް، އިސްރާއީލު ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްރާއީލު ސިފައިންގެ މީހާ މަރާލީކަމުގެ ރިޕޯޓްތަކެއް ފެތުރިފައި ވަނިކޮށް އިސްރާއީލު ސިފައިން ބުނެފައިވަނީ، އޭނާ މަރުވީ “އޮޕަރޭޝަނަލް އެކްޓިވިޓީ” ގައި އުޅެނިކޮށް ހިނގި ކާރު އެކްސިޑެންޓެއްގައި ކަމަށެވެ. ނަމަވެސް، އެކަން ހިނގިގޮތް ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.

ގޯލާން ހައިޓްސްއަކީ އިސްރާއީލުން ހިފާފައި އޮންނަ ސީރިއާގެ ސަރަހައްދެކެވެ. ސިފައިންގެ މީހަކު މަރާލި ހާދިސާ މިހިނގީ، ސީރިއާގެ ވެރިރަށް ދިމިޝްގަށް އިސްރާއީލު ސިފައިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. ވައިގެ ހަމަލާތައް ދީފައިވަނީ ސީރިއާގެ އައު ސަރުކާރުގެ ރައީސްގެ ގަނޑުވަރު ކައިރިއަށެވެ. މިކަމާހެދި މަސްރަހް ވަރަށް ހޫނުވެފައިވާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.

HajjCop_ads
Advertisement

ސީރިއާގެ ރައީސްކަމުގައި ހުރި ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލިފަހުން، އިސްރާއީލު ސިފައިން ގެންދަނީ ކޮންމެ ދުވަހަކު ސީރިއާގެ އެކި ހިސާބުތަކަށް ބޮންއަޅަމުންނެވެ. އެގޮތުން އިސްރާއީލުން މިހާތަނަށް ސީރިއާއަށް 786 ވައިގެ ހަމަލާތައް ދީފައި ވެއެވެ. އަދި އެއްގަމުމަގުންވެސް އެތައް ހަމަލާތަކެއް ގެންދަނީ ދެމުންނެވެ.

ކުރިން ގޯލާން ހައިޓްސް ހިފާފައިވާއިރު، ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުން، ސަލާމަތީ ފިޔަވަޅެއްގެގޮތުންނޭ ބުނެ ސޫރިޔާ ތެރެއަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވައި، އަލުން އެރި ސަރަހައްދުތަކުގައި އަސްކަރީ ބޭސްތައް ހަދައިގެން އެބަ ތިއްބެވެ.

ސީރިއާގެ އައު ސަރުކާރުން މިހާރުވަނީ، އިސްރާއީލު ސިފައިން ސީރިއާގެ ބިމުން ބާލައިދިނުމަށް އދގައިވެސް އެދިފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެވެސް ބުނެފައިވަނީ، ގޯލާން ހައިޓްސްއަކީ މިހާރު ދާއިމަށް އިސްރާއީލުގެ ބިމުގެ ބައެއް ކަމަށެވެ. އެއްވެސް ބަޔަކަށް އިސްރާއީލު، އެމީހުންގެ ބިމުން ނުބޭލޭނޭ ކަމަށެވެ.

ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ބިމުގެ ބައެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުކޮށް އިސްރާއީލަށް ތާއީދުކުރާތީ، އެކަމުގެ ޝަރަފް ޓްރަމްޕަށް ދިނުމުގެގޮތުން އިސްރާއީލު އަސްކަރިއްޔާއިން މިހާރުވަނީ އެ ސަރަހައްދުގެ ނަން “ޓްރަމްޕް ހައިޓްސް” އަށް ބަދަލުވެސް ކޮށްފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ އެކި ރަށްތަކަށް ބޮންއަޅައި މިއަދު އެކަނިވެސް ދެ ކުޑަކުދިން ހިމެނޭހެން 9 މީހުން މަރާލައިފި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި