ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި، ކުރީގެ ފޮރިން މިނިސްޓަރުކަން އަދި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ހައްޔަރުކޮށްފައިވަނީ މި މަހުގެ ތެރޭގަ އެވެ. އަދި އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕާޓީ ޓިކެޓަށް ވެސް ކެމްޕޭން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޝާހިދު ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެ އަމުރު ޝާހިދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައިގައި އޭނާ ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ ޝަޚްސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.