ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ކޮމިޝަންކޮށް އެ ރަށުގައި ރަސްމީކޮށް ބޭނުންކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ މި އާ ޖެނެރޭޓަރާއެކު ހޯރަފުށީގެ އިންސްޓޯލްޑް ކެޕޭސިޓީ 3.3 މެގަވޮޓަށް އިތުރުވެފައިވާ ކަމަށެވެ. މީގެ ކުރިން އެ ރަށުގައި ބޭނުންކުރަމުން ދިޔަ ކެޕޭސިޓީއަށްވުރެ މި އިތުރުވުމާއެކު ރަށަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި އާ އިންޖީނުގެ ސަބަބުން ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯއިން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފުޅާކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.

އިޝްތިހާރު އިޝްތިހާރު