ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެންމެހައި މަސައްކަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް ޙަވާލުވެއްޖެއެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ފުވައްމުލަކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި އެ ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

ފުވައްމުލަކު ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ …

އިޝްތިހާރު އިޝްތިހާރު

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއާ އެއްކޮށްލުމަކީ ފުވައްމުލަކު ސިޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެއިތުރުން، ސްޓެލްކޯގެ ފެންވަރުގެ މިންގަނޑުތަކާ އެއްގޮތަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް މަތީ ދަރަޖައަކަށް ގެންދިއުމަށްޓަކައި އެންމެހައި މުވައްޒަފުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ފެނަކައިގެ ދަށުން ރަށްރަށުގައި ދެމުން އައި އަސާސީ ޚިދުމަތްތަކާ ސްޓެލްކޯއިން އަންނަނީ މަރުޙަލާތަކަކަށް ބަހާލައިގެން ޙަވާލުވަމުންނެވެ. އެގޮތުން، މީގެ ކުރިން އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ޙަވާލުވެފައިވާއިރު، ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ ވެސް އެ ކުންފުނިން މިހާރު ވަނީ ޙަވާލުވެފައެވެ.

ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ ދަށުގައިވާ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ކުންފުނިތައް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނަށް އިތުބާރުހުރި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.