ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން ރާއްޖެ ގެނައި އެއަރފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މޯލްޑިވްސް ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އިޝްތިހާރު އިޝްތިހާރު

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެވުނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން ކަމަށެވެ.

އެގޮތުން، ޝައްކުކުރެވުނު އެއަރފްރައިޓް ޝިޕްމަންޓް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި، އޭގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ވަނީ ފެނިފައެވެ.