ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޮވެމްބަރު މަހުގެ 3 ގައި ބާއްވާ މިޑްޓާމް އިންތިޚާބުގެކުރިން އީރާނަށް ހަމަލާ ނުދޭނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
Maldivian_Ads
TTH_Ads
Advertisement

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެކުރިން އީރާނަށް ހަމަލާ ނުދޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ، އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.

ޓްރަމްޕްގެ މެސެޖްގައި ބުނެފައިވަނީ، އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް “އުފެއްދުންތެރި” ކަމަށެވެ. އެކަމަކު، ދެ ފަރާތުގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ކުރެވޭ ކަމެއް އެނގިފައެއް ނެތެވެ.

HajjCop_ads
Advertisement

އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ، އީރާނުގެ ހާލަތު ވަރަށް ގޯސް ކަމަށާއި،  ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބުގެ ކުރިން އެއްވެސް ވަގުތެއްގައި އީރާނަށް ހަމަލާއެއް ނުދޭނޭކަން އެންމެންނަށް ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

ޓްރަމްޕް ވަނީ އީރާނާ ގުޅޭގޮތުން އޭނާ ތަކުރާރު ކުރަމުންދާ ދައުވާތައް އަނެއްކާވެސް އައުކޮށްފައެވެ. ބުނީ، އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އީރާނު ބަލިކުރެވިފައިވާ ކަމަށެވެ.

އަދި  ހަމަ އެއާއެކު، އެމެރިކާ ކަނޑުގެ ސިފައިންގެ ބްލޮކޭޑް އަދިވެސް ދަމަހައްޓާނޭ ކަމަށް ބުނެފައި ވެއެވެ.

ޓްރަމްޕް ބުނީ، ހޮރްމޫޒް ކަނޑުއޮޅިން ރެކޯޑް އަދަދަކަށް ތެޔޮ ބޭރު ކުރެވެމުންދާ ކަމަށާއި، ރޭގައި އެކަނިވެސް 22 މިލިއަން ފީފާގެ ތެޔޮ ބޭރު ކުރެވުނު ކަމަށެވެ.

އެމެރިކާގެ ރައީސް މިހެން ބުނި ނަމަވެސް، ހޮރްމޫޒު ހުރަސްކުރާ ތެޔޮ ޓޭންކަރުތަކުގެ އަދަދު ރެކޯޑް މިންވަރަކަށް މަދުވެފައިވާކަން ވެސަލް ޓްރެކަރތަކުން ދައްކައެވެ.

އީރާނުގެ ހުއްދަނެތި ހޮރްމޫޒު ހުރަސްކުރާ ޓޭންކަރުތަކަށް ދޭ ހަމަލާތައް އީރާނުން ވަރަށް ބޮޑަށް އިތުރު ކުރުމާ ގުޅިގެން ހޮރްމޫޒު ހުރަސްކުރަން ދިމާކުރާ ޓެންކަރުތައް ވަރަށް މަދުވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައްވެސް ވަނީ އިތުރަށް މައްޗަށް ގޮސްފައެވެ.

ބުރާސްފަތި ދުވަހު އެކަނިވެސް، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގުން ފަހެއް އިންސައްތަ ބޮޑުވެފައި ވެއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރު – އާއިއާރްޖީސީގެ ކޮމާންޑަރުގެ މުޝީރު މުހައްމަދުރިޒާ ނަގްދީ އިއްޔެ ވިދާޅުވީ،

ހޮރްމޫޒު ކަނޑުއޮޅި އޮތީ ބަންދުކޮށްފައި ކަމަށާއި، އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނު އަސްކަރިއްޔާގެ އަތްމަތީގައި ކަމަށެވެ.

އީރާނުން ހުށަހަޅާފައިވާ ޝާރުތުތައް ފުރިހަމަ ކުރަންދެން ހޮރްމޫޒުގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް މުހައްމަދުރިޒާ ނަގްދީ ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި ހުރި ޣައިރުގާނޫނީ ރޫޓުތައް ވަރަށް އަވަހަށް ބަންދުކުރާނަން: އީރާން

ވާދަވެރި ރިޔާސީ އިންތިޚާބުގައި ބްރެޒިލްގެ ރައްޔިތުން ވޯޓްލަމުން އެބަ ގެންދޭ

އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް އެމެރިކާއިން ފުރިހަމަ ނުކުރަނިސް ހޮރްމޫޒު ނުހުޅުވޭނެ: ގާލިބާފް

އީރާނު މަތިން އުދުހުނު އެމެރިކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި