ހއ. މޮޅަދޫގައި ތަރައްގީކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. މިއީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ނިންމާލި މުހިންމު މަޝްރޫއެކެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެއިތުރުން ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް އިސްކަންދީގެން ރަށްރަށުގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކާއި އައުޓްޑޯ ޖިމްތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

މި އަހަރުގެ ތެރޭގައި އެމްޓީސީސީން އަންނަނީ ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމަމުންނެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ރެކޯޑް އަދަދަކަށް މަޝްރޫއުތައް ނިންމުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އިޝްތިހާރު އިޝްތިހާރު