ގއ. ކޮލަމާފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ބިމުގެ ސެޓިންގ އައުޓް ހެދުމުގެ މަސައްކަތާއި، ޕްލޮޓް ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ ރަށްރަށުގައި އަމަންއަމާންކަން ޤާއިމުކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުޞޫލުން ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ސިޔާސަތުގެ ދަށުން، ކޮލަމާފުށީގައި ފުލުހުންގެ ޚިދުމަތް ދިނުމަށް އެކަށީގެންވާ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތެއް ބިނާކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ.
މި އިމާރާތުގެ މަސައްކަތް ނިމުމުން، ކޮލަމާފުށީގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ކަށަވަރުވެ، ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާ އަދި އަވަސް ދުވެއްޔެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫޢުގެ މަސައްކަތްތައް ފުރިހަމަކޮށް ނިންމުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.