ހއ. މޮޅަދޫގައި ތަރައްޤީކުރަމުންދާ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށް އެބަދެއެވެ.

މި މަޝްރޫޢަކީ ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކޯޓުގެ ވަށައިގެން ޖަހާފައިވާ ފެންސްގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފިނިޝިން މަސައްކަތްތަކުގެ ތެރެއިން ކުލަލުމުގެ މަރުޙަލާ މިހާރު ދަނީ ހިނގަމުންނެވެ.

މޮޅަދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތްތައް ނިންމުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފެންސްގައި ކުލަލުމުގެ މަސައްކަތެވެ.

އިޝްތިހާރު އިޝްތިހާރު

މި ކޯޓުގެ ބިންގާ އެޅުމާއި ސިވިލް މަސައްކަތްތައް ނިމިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ކުރެވޭނީ ކޯޓުގެ ތަރައިގައި ކުރަހައި، ކުޅިވަރު ކުޅުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢު ނިމިގެންދާއިރު، މޮޅަދޫގެ ޒުވާނުންނަށާއި ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި އެ ރަށުގައި ވޮލީބޯޅަ ކުރިއެރުވުމަށް އެކަށީގެންވާ ތަނެއް ލިބިގެންދާނެއެވެ.