ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޮތްނިންމާނީ ޓްރަމްޕް، ވާހަކަ ދައްކަންވެސް ހަނގުރާމަކުރަންވެސް އީރާނު ތައްޔާރު: އަރަޣްޗީ

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ
Maldivian_Ads
TTH_Ads
STO_Ads
Advertisement

އީރާނާއެކު މި ހަފްތާ ތެރޭގައި އަލުން ވާހަކަތައް ބޭއްވޭނޭ ކަމަށް އުންމީދުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިކަން ހާމަކުރީ، އެމެރިކާގެ އަކްސިއޯސް ނޫހަށް ދިން އިންޓަރވިއުއެއްގައެވެ.

ޓްރަމްޕް ބުނީ، އެމެރިކާގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވާ މަންދޫބުންނާއި، އީރާނާ ދެމެދު މި ހަފްތާ ތެރޭގައި އިތުރު މަޝްވަރާތަކެއް ބޭއްވޭނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.

HajjCop_ads
Advertisement

ވާހަކަތައް ބާއްވާނޭ ތަނެއް ޓްރަމްޕް ހާމައެއް ނުކުރެއެވެ. އަދި މިކަމާ ގުޅޭގޮތުން އީރާނުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

ހަނގުރާމަ ހުއްޓާލައި ހޮރްމޫޒު ހުޅުވަން އީރާނުން ހުށަހެޅި 7 ނުކުތާގެ ޕްލޭނަށް އެމެރިކާގެ ރައީސް ވަނީ ދެކޮޅު ހަދާފައެވެ. އީރާނުން އެމެރިކާއާ ވާހަކަ ދައްކަން ބޭނުންވަނީ އީރާނުން ހުށަހެޅި ޕްލޭންގައި ހިމެނޭ ނުކުތާތަކަށެވެ.

އދގެ އާންމު މަޖިލީހުގެ ޖަލްސާގެ އަރިމަތިން ނިއުޔޯކްގައިވެސް އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ ވާހަކަތަކެއް ބާއްވާފައި ވެއެވެ.

އެމެރިކާގެ އެންބީސީ ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، ގޮތްނިންމުން އޮތީ އެމެރިކާގެ ރައީސްގެ އަތްމަތީގައި ކަމަށާއި، ވާހަކަ ދައްކަންވެސް އަދި ހަނގުރާމަ ކުރަންވެސް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.

އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ބޮންއަޅަން ފަށާނެ އެމެރިކާގެ ނޫހަކުން ހާމަކޮށްފައިވާ ރިޕޯޓާ ގުޅޭގޮތުން ސުވާލު ކުރުމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެއީ އީރާނުގެ “ނިމުން” އަންނަ ހަނގުރާމައަށް ވިޔަސް، އެމެރިކާގެ އުދުވާނާ އީރާނު ސާބިތުކަމާއެކު ކުރިމަތިލާނޭ ކަމަށާއި، އެކަމަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އދގެ އާންމު މަޖިލީހުގައި ޗައިނާގެ ނުސީދާ ބަހުގެ ހަމަލާތައް އެމެރިކާއަށް

އީރާނުގެ ހުށަހެޅުމަށް ޓްރަމްޕް ހެދީ ދެކޮޅު، އީރާނު މިހާރުއޮތީ ދެން އަޅާނެ ފިޔަވަޅަކަށް ބަލަން

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް