ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒުގައި ހުރި ޣައިރުގާނޫނީ ރޫޓުތައް ވަރަށް އަވަހަށް ބަންދުކުރާނަން: އީރާން

–
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅިން އުޅަނދުފަހަރު ހުރަސްކުރާ ޣައިރުގާނޫނީ ރޫޓުތައް ވަރަށް އަވަހަށް ބަންދުކުރާނޭ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރު – އާއިއާރްޖީސީގެ ކޮމާންޑަރުގެ މުޝީރު މުހައްމަދުރިޒާ ނަގްދީ ވިދާޅުވީ، ހޮރްމޫޒުގައި ހަދާފައިވާ ޣައިރުގާނޫނީ ބައެއް ރޫޓުތަކަކީ ކަނޑުއޮޅީގައި ހުރި ބައެއް ހިލަ މަގުތައް ގޮއްވައި ގެއްލުންދީގެން ހަދާފައިވާ މަގުތަކެއް ކަމަށާއި، އެ މަގުތަކަކީ ކުދި ބޯޓުފަހަރު ބޭނުންކޮށްގެން ވަގަށް ތެޔޮ ބޭރުކޮށް ޓޭންކަރުތަކަށް ލޯޑުކުރަން ބޭނުންކުރާ މަގުތަކެއް ކަމަށެވެ.

އައިއާރްޖީސީގެ ކޮމާންޑަރުގެ އެޑްވައިޒަރު މި އިޝާރާތް ކުރެއްވީ، އެމެރިކާއިން ޕްރެޝަރކޮށްގެން އުމާނާވީ ފަޅީގައި އުމާނުން ހަދާފައިވާ ދެކުނުގެ ރޫޓުތަކަށެވެ.

HajjCop_ads
Advertisement

މި ރޫޓުތަކުން ވަގަށް ތެޔޮ ބޭރުކޮށް، ގަލްފުގެ ގައުމުތަކުން ތެޔޮ އެކްސްޕޯޓްކުރުން ހަނގުރާމައިގެ ކުރިން އޮތް މިންވަރަށް މިހާރު އިތުރުވެފައިވާ ކަމަށް ފަތުރަމުންދާ ރިޕޯޓްތައް މުހައްމަދުރިޒާ ނަގްދީ ވަނީ ދޮގު ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ހޮރްމޫޒު ކަނޑުއޮޅި އޮތީ ބަންދުކޮށްފައި ކަމަށާއި، އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނު އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

އީރާނުން ހުށަހަޅާފައިވާ ޝާރުތުތައް ފުރިހަމަ ކުރަންދެން ހޮރްމޫޒުގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ހޮރްމޫޒު އޮންނާނީ ބަންދުކޮށްފައި ކަމަށްވެސް މުހައްމަދުރިޒާ ނަގްދީ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އެތެންސްގައި ހުރެ މިއަދު ބުނީ، ހޮރްމޫޒު ކަނޑުއޮޅީގެ މައްޗަށް އީރާނަށް އޮތް ކޮންޓްރޯލް މުޅީން ގެއްލިފައިވާ ކަމަށެވެ. ހަނގުރާމައިގެ ކުރިން އޮތް މިންވަރަށް ހޮރްމޫޒުން ތެޔޮ ބޭރުކުރެވެމުންދާ ކަމަށެވެ.

އެކަމަކު، ދުނިޔޭގެ މީޑިއާއިން ރިޕޯޓް ކުރަނީ، ތެޔޮ އެކްސްޕޯޓް ކުރުމަށް އިތުރު ހުރަސްތައް އަންނާނެ ކަމަށް ބެލެވިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސްފައިވާ ކަމަށެވެ. ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުން 1.21 ޑޮލަރު ބޮޑުވެ ފީފާއެއްގެ އަގު 101.80 ޑޮލަރަށް މައްޗަށް ގޮސްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވާދަވެރި ރިޔާސީ އިންތިޚާބުގައި ބްރެޒިލްގެ ރައްޔިތުން ވޯޓްލަމުން އެބަ ގެންދޭ

އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް އެމެރިކާއިން ފުރިހަމަ ނުކުރަނިސް ހޮރްމޫޒު ނުހުޅުވޭނެ: ގާލިބާފް

އީރާނު މަތިން އުދުހުނު އެމެރިކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި

ޣައްޒާގެ އައް-ތާޖް ސަރަހައްދުން ފެނުނު އިތުރު 105 މީހުންގެ ކަށިތައް ވަޅުލައިފި