ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައަޅަން އީރާނާއި އުމާން އެއްބަސްވުމަކާ ގާތަށް

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ (މ)
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު ކުރެވެމުންދާ މަޝްވަރާތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

އީރާނާއި އުމާނާ ދެމެދު މަޝްވަރާ ކުރަމުންދަނީ ހޮރްމޫޒު ހުރަސްކުރުމަށް އެއް ރޫޓު ކަނޑައެޅުމާ ގުޅޭގޮތުންނެވެ.

މި ރޫޓު ކަނޑައެޅުމުން ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރުމަށް ނޮތަން ރޫޓެއް ނުވަތަ ސަދަން ރޫޓެއް ނޯންނާނެއެވެ. އުޅަނދުފަހަރަށް ހުރަސްކުރެވޭނީ ހަމައެކަނި އީރާނާއި އުމާން އެއްބަސްވާ ރޫޓުން އެކަންޏެވެ.

HajjCop_ads
Advertisement

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، އީރާނާއި އުމާނާ ދެމެދު ބާއްވަމުންދާ މަޝްވަރާތަކަކީ ދެފަރާތް ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ހިންގުމުގެ ނިޒާމެއް ކަނޑައެޅުމަށް ބާއްވާ މަޝްވަރާތަކެއް ކަމަށެވެ.

އިސްމާއިލް ބަގާޔީ ވިދާޅުވީ، އީރާނާއި އުމާނާ މަޝްވަރާކޮށްގެން ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައެޅުމަކީ ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމާއި ނުވަތަ ބަންދުކުރުމާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމާއި، އެމެރިކާ ސިފައިން ކަނޑުމަގުން އީރާނު ބްލޮކްކުރުމާއި، އަދި އީރާނާއެކު ވީ ވައުދުތަކާ އެމެރިކާ ޚިލާފްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އީރާނުން ހޮރްމޫޒު ބަންދުކުރުމުން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ކަނޑުއޮޅި ހުޅުވަން އެމެރިކާއިން މިހާތަނަށް ކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ. ނުވިތާކަށް އުޅަނދުފަހަރަށް ހޮރްމޫޒު މިހާރުވެސް ހުރަސް ކުރެވެނީ އީރާނުން ކަނޑައަޅާފައިވާ ރޫޓުތަކުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި