ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

ހޮރްމޫޒު ކަނޑުއޮޅި
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެއެވެ.

އުންމީދު ކުޑަވެ ފަނޑުވާގޮތްވީ، ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރި ހަރުކަށި ޝަތުރުތަކާ ގުޅިގެންނެވެ.

އެންމެންވެސް ކުރިން ހީކޮށްގެން ތިބީ، ހޮރްމޫޒު މެނޭޖްކުރުމާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު ކުރެވެމުންދާ މަޝްވަރާތަކަށްފަހު ހޮރްމޫޒު ކަނޑުއޮޅި ވަރަށް އަވަހަށް ހުޅުވިގެންދާނޭ ކަމަށެވެ. އެމެރިކާއިންވެސް ހީކުރީ އެގޮތަށް އެކަން ވެގެންދާނޭ ކަމަށެވެ. އެކަމުގެ އުންމީދުގައި ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައްވެސް ދަށަށްދިޔައެވެ.

HajjCop_ads
Advertisement

ނަމަވެސް، އީރާނުން އެމެރިކާއަށް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކުރުމާއި، އެކަމުގެ ތެރޭގައި އެމެރިކާއާއި އީރާނުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރާން ފެށުމުން ދުނިޔޭގެ ބާޒާރުގައިތެލުގެ އަގުތައް މައްޗަށްގޮސް، ސްޓޮކް މާކެޓުތައްވެސް އަޑިއަޅައިގެން ގޮސްފައި ވެއެވެ.

އީރާނުން ކުރިމަތިކުރި މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ބަދަލަށް 300 ބިލިއަން އެމެރިކާ ޑޮލަރު ދިނުމާއި، އެމެރިކާއިން ގަނޑުކޮށްފައިވާ އީރާނުގެ ފަންޑުތައް ދޫކޮށްލުމާއި، އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކަށް ޖަމާކޮށްފައިވާ އެމެރިކާގެ ލަޝްކަރުތައް އަނބުރާ ގެންދިއުން ހިމެނެއެވެ.

އީރާނުން ބުނެފައިވަނީ، އެ ހުރިހާކަމެއް ފުރިހަމަ ކުރަންދެން ހޮރްމޫޒު ކަނޑުއޮޅި ބަންދުވާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ނުރުހުންވެ، ހޯމަ ދުވަހުގެރޭ ވަނީ އީރާނަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތައް ދީފައެވެ.

އެމެރިކާގެ ރައީސް ބުނީ، ގެއްލުމުގެ ބަދަލު ދޭންޖެހޭނަމަ ބަދަލު ދޭންޖެހެނީ އީރާނުން ކަމަށެވެ.

އީރާނުގެ ހަމަލާތަކުގައި މަރުވި އެމެރިކާ ސިފައިންގެ އާއިލާތަކަށާއި، އަދި ވޭތުވެދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި އީރާނުގެ ސަލާމަތީ ބާރުތަކުން ހަމަލާދީ މަރާލި އީރާނު އާންމުންގެ އެތައްހާސް ބައެއްގެ އާއިލާތަކަށް އީރާނުން ބަދަލު ދޭންޖެހޭނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ. އޭގެތެރޭގައި ވޭތުވެދިޔަ 5 މަސްދުވަސްތެރޭ އީރާނުން “މަރާލި” 52،000 މީހުން ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ޓްރަމްޕް، އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، އީރާނާއެކު މުސްތަގްބަލުގައި ބާއްވާ ވާހަކަތަކުގައި ބަދަލު ނަގައިދިނުމުގެ މައްސަލަ ހިމަނަން އޭނާގެ މަންދޫބުންނަށް މިހާރު އަންގާފައިވާނޭ ކަމަށެވެ.

އީރާނުގެ އެކިއެކި މަސްއޫލުވެރިން މިހާރު ވިދާޅުވަނީ، އެމެރިކާއާ ދެން އެއްވެސް ވާހަކައެއް ދެއްކުމެއް ނެތް ކަމަށާއި، ޓްރަމްޕްގެ ވެރިކަން ނިމެންދެން މިގޮތުގައި އީރާނުން ހިފަހައްޓާނޭ ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި