ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ހުށަހެޅުމަށް ޓްރަމްޕް ހެދީ ދެކޮޅު، އީރާނު މިހާރުއޮތީ ދެން އަޅާނެ ފިޔަވަޅަކަށް ބަލަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
STO_Ads
Maldivian_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅި ހުޅުވާލުމާއި، ހަނގުރާމަ ހުއްޓާލައި ދާއިމީ ސުލްހައަކަށް ދިއުމަށް އީރާނުން ހުށަހެޅި ޕްލޭނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ގަތަރު މެދުވެރިކޮށް 7 ނުކުތާ ހިމެނޭ ޕްލޭނެއް އެމެރިކާއަށް ހުށަހަޅާފައިވާކަން އީރާނުން އިއުލާންކުރީ އދގެ އާންމު މަޖިލީހުގެ ޖަލްސާގެ ތެރޭގައި ނިއު ޔޯކްގައެވެ.

އާންމު މަޖިލީހުގެ ޖަލްސާގެ އަރިމަތިން އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތައް ބޭއްވީވެސް، އީރާނުގެ ހުށަހެޅުން އެމެރިކާއަށް ހުށަހެޅުމަށް ފަހުގައެވެ. ދެފަރާތުން މަޝްވަރާ ކުރީވެސް އީރާނުގެ ހުށަހެޅުންތަކާ ގުޅޭގޮތުންނެވެ.

HajjCop_ads
Advertisement

އޭގެފަހުން، އިތުރު މަޝްވަރާތަކެއް ނުބޭއްވި ނަމަވެސް، މެސެޖްގެ ޒަރީއާއިން ވާހަކަ ދެކެވުނުކަން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ހާމަކުރައްވާފައި ވެއެވެ.

އީރާނުގެ ހުށަހެޅުންތައް ރިވިއު ކުރުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ހުށަހެޅުމާ ދެކޮޅު ހަދާފައިވާކަން ހާމަކޮށްފައިވަނީ މީޑިއާއިންނެވެ. އެކަމާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ބުނީ، އީރާނާ ވާހަކަ ދައްކަން ދިޔައިރުވެސް ހުރިހާ އިޚްތިޔާރެއް އޮތީ ރައީސް ޓްރަމްޕްގެ އަތްމަތީގައި ކަމަށެވެ.

އީރާނުން އެމެރިކާއަށް ހުށަހެޅި ހުށަހެޅުމުގައި ހިމެނޭ ކަންކަން އެމެރިކާއިން ގަބޫލުކުކޮށްފިނަމަ 6 ދުވަސްތެރޭ ކަންކަން ތަރުތީބު ކުރުމަށްފަހު 7 ވަނަ ދުވަހު ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލާނޭ ކަމަށް އީރާނުން ހުށަހަޅާފައި ވެއެވެ.

އީރާނުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނެނީ، އީރާނުގެ ބްލޮކޭޑް އުވާލުމާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައާއި، ސަރަހައްދުގެ ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތައްވެސް ހުއްޓާލުމާއި، އީރާނާ ދެކޮޅަށް ކުރީއްސުރެ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި މިހާރު އަޅަމުންދާ ފިޔަވަޅުތައްވެސް އުވާލުމާއި، ގަނޑުކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުން ފަދަ ކަންކަމެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާގެ ރައީސް ދެކޮޅު ހެދުމުން އީރާނު މިހާރުއޮތީ އެމެރިކާއިން ދެން އަމަލުކުރާނެ ގޮތެއް ބަލާށެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރަން ޖެހުނީ އެމެރިކާގެ ސަބަބުން ކަމަށާއި، ކަނޑުއޮޅި އަލުން ހުޅުވޭނެ ހަމައެކަނި ގޮތަކީ ވާހަކަ ދައްކައިގެން ކަމަށާއި، ބާރުގެ ބޭނުންކޮށްގެން އެކަން ނުކުރެވޭނޭ ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް

އީރާނު އެއަރލައިންތަކުގެ ބައެއް ފްލައިޓްތައް ކެންސަލްކުރަން ފެށިނަމަވެސް ދަތުރުތައް ނުހުއްޓޭ

އީރާނު “ނައްތާލަން” ޓްރަމްޕް އިންޒާރުކުރުމަކީ ނާއުންމީދުވެފައިވާކަމުގެ ނިޝާނެއް: އީރާނު އަސްކަރިއްޔާ