ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާއާ ބައްދަލު ކުރައްވައިފިއެވެ.
ދެބޭފުޅުން ބައްދަލު ކުރައްވާފައިވަނީ ތުރުކީގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ އަރިމަތިންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރާއި، އީރާނުގެ ރައީސް މަޝްވަރާ ކުރައްވާފައިވަނީ، ދެގައުމުގެ ގުޅުންތަކާއި، ޕާކިސްތާނާއި އީރާނާ ދެމެދު އެއްބާރުލުން ދިނުން ކުރިއެރުވުމުގެ މައްޗަށް ކަމަށް ޕާކިސްތާނު ސަރުކާރުން ހާމަކޮށްފައި ވެއެވެ.
މީގެއިތުރުން، ސަރަހައްދުގެ މަސްރަހާއި، ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމާ ގުޅޭ ކަންކަމާ ގުޅޭގޮތުންވެސް ދެ ލީޑަރުން މަޝްވަރާ ކުރެއްވި ކަމަށް، ޕާކިސްތާނު ސަރުކާރުން ހާމަކޮށްފައި ވެއެވެ. ދ
އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓުމަކަށް ގެނެސް، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ހެދުމަށް ފުރަތަމަ އިސް ނަގައި އެކަން ކާމިޔާބުކުރީ ޕާކިސްތާނުންނެވެ.
އެމެރިކާގެ ނައިބް ރައީސާއި، އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ އިސްވެރިޔާ ހިމެނޭގޮތުން ދެ ގައުމުގެ ވަފުދުތައް އިސްލާމްއާބަށް ގެންގޮސް ނުސީދާ މަޝްވަރާތައްކޮށް އެމެރިކާއާއި އީރާނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުވީ ޕާކިސްތާނުންނެވެ.
އިތުރު ހަނގުރާމައަކަށް ނުގޮސް ދެފަރާތް ސުލްހަކުރުމަށް ގަތަރުން އިސްވެ މިހާރު ކުރަމުންދާ މަސައްކަތުގައިވެސް ޕާކިސްތާނުން ގެންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އެކަމަކު، ތުރުކީއަށް ފުރާވަޑައިގަތުމުގެ ކުރިން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި އެމެރިކާއިން ޑިޕްލޮމަސީއަށް މަސައްކަތް ކުރަނީ ބިރުދެއްކުމުގެ ތެރެއިން ކަމަށް ވިދާޅުވެ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު