ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ ލީޑަރުން ދިފާއީ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން ވަޑައިގެންނެވީ ހުކުރު  ނަމާދަށް. ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި  ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއާއި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާއި، ޕާކިސްތާނުގެ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މިއަދުގެ ހުކުރު ނަމާދުކުރެއްވީ މާތްވެގެންވާ މަސްޖިދުލް ޙަރަމްގައި. އެތިން ލީޑަރުންނާއެކު، ތިން ގައުމުގެ ޚާރިޖީ ވަޒީރުންނާއި، ސަރުކާރުގެ އިސް އެހެން ބޭފުޅުންވެސް ބައިވެރިވެވަޑައި ގެންނެވި. އަދި އެބޭފުޅުންގެ ވިސްނުންތަކަށް ބަރަކާތް ލެއްވުމަށާއި، ގައުމުތަކުގެ މެދުގައި ސުލްހައާއި، އަމާންކަމާއި، އަޚުވަންތަކަން ހަރުދަނާކުރާ ނިންމުންތަކާ ދިމާއަށް މަގުދައްކައިދެއްވުމަށް މާތްالله (ޞޢވ) އަށް ދުޢާ ދެންނެވި.

އިޝްތިހާރު އިޝްތިހާރު

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން މިއަދު ސޮއިކުރި ދިފާއީ އެއްބަސްވުމަކީ، އެ ގައުމުތަކުގެ ދިފާއާއި، ސަލާމަތާއި، ހަމަޖެހުމާއި، ސުލްހައާއި، ފާގަތިކަމަށް ގުޅިގެން މަސައްކަތް ކުރުމަށް އެކަށައަޅައި އެކުލަވާލި އެއްބަސްވުމެއް