ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތިން ގައުމުގެ ދެމެދުގައި މައްކާގައި ބޭއްވި ޖޮއިންޓް ޑިފެންސް ސަމިޓުގައެވެ.

ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއެވެ. ޕާކިސްތާނުގެ ފަރާތުން ސޮއި ކުރެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ.

އިޝްތިހާރު އިޝްތިހާރު

މި އެއްބަސްވުމުގެ މަގްސަދަކީ، ސަރަޙައްދާއި އަދި އެއަށްވުރެ ދުރަށްވެސް އަމާންކަމާއި ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި ސުލްޙައާއި ސަލާމަތާއި ހަމަޖެހުން ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.

މީގެއިތުރުން، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނަށް އަމާޒުވާ އުދުވާނީ އަމަލުތަކާ ދެކޮޅަށް ތިން ގައުމު ގުޅިގެން މަސައްކަތް ކުރުންވެސް، މި އެއްބަސްވުމުގައި ހިމެނިފައި ވެއެވެ. އެއްބަސްވުމުގައި ހިމެނޭ އެއް ގައުމަށް ހަމަލާއެއް ދިން ނަމަވެސް އެއި ތިން ދައުލަތަށްދޭ ހަމަލާއެއްގެގޮތުގައި ބަލާނެ ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އާބާދީގެގޮތުން ބޮޑެތި ގައުމުތަކެވެ. ޕާކިސްތާނަކީ ނިއުކްލިއަރ ބާރަކަށް ވާއިރު، ތުރުކީއަކީ ނޭޓޯގެ މެމްބަރަކަށްވެފައި ޒަމާނީ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ ގައުމެކެވެ. ސައުދީ އަރަބިއްޔާއަކީ އިގްތިސާދީ ވަރުގަދަ ބާރެކެވެ.

މި ތިން ގައުމު ދިފާއީ ކަންކަމުގައި އިއްތިހާދުވުމަކީ ސަލާމަތީގޮތުން މުޅިން އައު މިސްރާބަކަށް ސަރަހައްދު ގެންދާނެ ކަމެއް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.