ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ޝަރުތުތައް އެމެރިކާއިން ގަބޫލުކޮށްފިނަމަ ހަތްދުވަސްތެރޭ ހޮރްމޫޒު ހުޅުވާލާނަން: އީރާނު

TTH_Ads
STO_Ads
Maldivian_Ads
Advertisement

އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ގަބޫލުކޮށްފިނަމަ ހަތްދުވަސްތެރޭ ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން ތައްޔާރަށް ތިބި ކަމަށް އީރާނުން ބުނެފިއެވެ.

ނަން ހާމަނުކުރާ އީރާނު ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މި ޚަބަރު އާންމުކޮށްފައިވަނީ ބައިނަލްއަގްވާމީ ޚަބަރުފަތުރާ ދެ އޭޖެންސީއަކުންނެވެ.

އީރާނު ސަރުކާރުގެ އޮފިޝަލް ވިދާޅުވެފައިވަނީ، އެމެރިކާއިން އަސްކަރީ ޕްރެޝަރު ލުއިކޮށް، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ބްލޮކޭޑް އުވާލައިފިނަމަ، އީރާނުން ހަތްދުވަސްތެރޭ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލާނޭ ކަމަށެވެ.

HajjCop_ads
Advertisement

އެއް ނޫސް އޭޖެންސީން ބުނެފައިވަނީ، އެމެރިކާއާއެކު މަޝްވަރާ ކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް އީރާނުން ވަރުގަދަކޮށް އިތުރު ކުރަމުންދާ ކަމަށެވެ.

އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން ބައިވެރިވެވަޑައި ގަންނަވާ އެންމެ އިސް މަންދޫބު އަދި އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އިހަށްދުވަހު ވިދާޅުވެފައިވަނީ، މަޝްވަރާގެ މޭޒުދޮށަށް އީރާނު އަންނާނެ ޝަރުތުތައް އެމެރިކާއަށް ހުށަހަޅާފައި ވާނޭ ކަމަށާއި، އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަވާންދެން ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށެވެ.

އަނެއްކޮޅުން، އދގެ އާންމު މަޖިލީހުގެ 81 ވަނަ ޖަލްސާގައި ބައިވެރިވެވަޑައި ގަތުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިހާރު ހުންނެވީ ނިއުޔޯކްގައެވެ. އަދި އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މިހާރުވަނީ ނިއުޔޯކަށް ވަޑައިގަތުމަށްޓަކައި ތެހެރާނުން ފުރާވަޑައިގެންފައެވެ.

އީރާނުގެ ވެރިން އެމެރިކާއަށް މިވަޑައިގަންނަވަނީ، އީރާނާއި އެމެރިކާ ހަނގުރާމައިގެ ހާލަތުގައި އޮއްވައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ނިއުޔޯކްގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ބައްދަލުކުރަން ތައްޔާރަށް ހުރި ކަމަށެވެ. އެކަމަކު، އީރާނުގެ ރައީސް، އެމެރިކާގެ ރައީސާ ބައްދަލު ކުރައްވާނޭކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން އީރާނު ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އީރާނު-އެމެރިކާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދެފަރާތް އެއްމޭޒުދޮށަށް ގެނައުމަށް ގިނަ ގައުމުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕާކިސްތާނުވެސް ހިމެނެއެވެ.

އެގޮތުން، އދގެ އާންމު މަޖިލީހުގެ ޖަލްސާގެ އަރިމަތިން އެމެރިކާއާއި އީރާނުގެ ވެރިންގެ ބައްދަލުވުމެއް ބޭއްވޭތޯ ގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާއާއެކު ޑިޕްލޮމެސީ އާލާކުރުމުގެ ފުރިހަމަ ބާރު، އދގެ އާންމު މަޖިލީހުގެ ޖަލްސާއަށްދާ އީރާނުގެ ވަފުދަށް ލިބިގެންވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ދެކޮޅުކަން ޗައިނާއިން ހާމަކޮށްފި

އެމެރިކާގެ ޑްރޯންއެއް ވައްޓާލައިފި، ހަނގުރާމަ ފަށައިފިނަމަ ރައްދު ހަމަލާދޭނޭ އައު އަމާޒުތައް އީރާނުން ކަނޑައަޅައިފި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ