ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
Maldivian_Ads
STO_Ads
Advertisement

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އަޔަރލޭންޑަށް މިހާރު ކުރަމުންގެންދާ ދަތުރުގެ ތެރޭގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން އެމެރިކާގެ ރައީސް ބުނީ، އީރާނުން ގަލަފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް ކަމަށާއި، އެއީ އެމީހުންގެ އަމިއްލަކަމެއް ކަމަށެވެ.

އީރާނާއި ގަލްފްގެ ގައުމުތަކާ ދެމެދު މާދަމާ އުމާންގައި ބާއްވާ ބައްދަލުވުމަކީ ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

HajjCop_ads
Advertisement

މާދަމާގެ ބައްދަލުވުމުގައި ބަހްރެއިން ފިޔަވައި ގަލްފާއި، ސަރަހައްދުގެ އެހެން ގައުމުތަކުން ބައިވެރިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭ މަޝްވަރާތަކުގެ އިތުރުން، މި ބައްދަލުވުމަކީ މެދުއިރުމަތީގެ ސަލާމަތާ ގުޅޭ ގޮތުން ގައުމުތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާ ކުރުމަށް އަމާޒުކޮށް ބާއްވާ ބައްދަލުވުމެކެވެ.

އީރާނުގެ އިރްނާ ނޫސް އޭޖެންސީން ބުނެފައިވަނީ، އުމާން ބައްދަލުވުމަކީ، ގަލްފް ސަރަހައްދުގެ ގައުމުތަކުން ސަލާމަތީ އެއްބާރުލުން ދިނުމަށް ސަރަހައްދީ އޮނިގަނޑެއް ގާއިމްކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ބައްދަލުވުމާ ގުޅޭގޮތުން އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގައުމުތަކުން ގުޅިގެން އަޅާ ފިޔަވަޅުތަކަކީ ސަރަހައްދުގެ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާ ބިންގަލަކަށް ވެގެންދާނޭ ކަމަށެވެ.

ހޮރްމޫޒު ކަނޑުއޮޅި މެނޭޖްކުރުމާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު މިހާރު އެއްބަސްވުމެއްވެސް ހަދާފައި ވާއިރު، މާދަމާގެ ބައްދަލުވުމުގައި މިކަމުގެ މައުލޫމާތުވެސް ހިއްސާކުރާނޭ ކަމަށް ބެލެވިފައި ވެއެވެ.

މާދަމާގެ ބައްދަލުވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ވާހަކަ ދެއްކިއިރު، ހޮރްމޫޒުގެ މައްސަލާގައި އީރާނާއި އެމެރިކާއާ ދެމެދު ދޭތެރެ ދޭތެރެއިން ގެންދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

އެމެރިކާ ސިފައިން އީރާނުގެ އުޅަނދުފަހަރަށް ހުރަސްއަޅަމުން ގެންދާއިރު، އީރާނުންވެސް ގެންދަނީ ހޮރްމޫޒު ހުރަސްކުރަން ދިމާކުރާ އެމެރިކާގެ ތެޔޮ ޓޭންކަރުތަކާއި، ކޮމާޝަލް އުޅަނދުތަކާއި އެމެރިކާގެ މަނަވަރުތަކަށްވެސް ހުރަސް އަޅަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި

އެމެރިކާއިން ސަރަހައްދީ ފުލުހެއްގެ ދައުރު އަދާކުރާކަށް ނުޖެހޭ: އީރާނުގެ ރައީސް

ހޮރްމޫޒާ ގުޅޭގޮތުން ގަލްފްގެ ގައުމުތަކާ އީރާނު ހޯމަދުވަހު ބައްދަލުކުރަނީ

ނިއުކްލިއަރ ސައިޓްތަކަށް އިންސްޕެކްޓަރުން ވަނަނުދޭ ކަމަށް ބުނެ އީރާނުގެ މައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފި