ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒާ ގުޅޭގޮތުން އީރާނާއި އުމާން އެއްބަސްވުމަކަށް، ހޮރްމޫޒު ވަގުތުން ނުހުޅުވާނެ

ހޮރްމޫޒު ކަނޑުއޮޅި
TTH_Ads
STO_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނާއި އުމާނުން އައުޓްލައިނަކަށް އެއްބަސްވެއްޖެއެވެ.

ހޮރްމޫޒު ކަނޑުއޮޅި މެނޭޖްކުރުމާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު އުމާންގައި ކުރިއަށްދާ މަޝްވަތަކާ ގުޅޭގޮތުން އީރާނުން އިއްޔެއިން ފެށިގެން ބުނަމުން ދަނީ، ވާހަކަތަކުން ބޮޑެތި ކުރިއެރުންތައް ލިބެމުންދާ ކަމަށެވެ.

އީރާނާއި އުމާނުން މަޝްވަރާ ކޮށްފައިވަނީ އުޅަނދުފަހަރު ހޮރްމޫޒު ހުރަސްކުރާނެ އައު ރޫޓެއް ކަނޑައެޅުމާއި، ފީނެގުމާއި އަދި އުޅަނދުފަހަރަށް ދޭނޭ ޚިދުމަތްތަކާ ގުޅޭގޮތުންނެވެ.

HajjCop_ads
Advertisement

އެގޮތުން، ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، މަޝްވަރާ ކުރުމަށް ކަނޑައެޅި ހުރިހާ ނުކުތާތަކަށް އެއްބަސް ވެވިފައިވާ ކަމަށް، އީރާނު ސަރުކާރުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނެއެވެ.

އަދި މިއަދު ނުވަތަ މިރޭގެ ވަގުތެއްގައި އެއްބަސްވުން އިއުލާން ކުރެވޭވަރު ވާނޭ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ. މިއީ 60 ދުވަހުގެ މުއްދަތަށް ހަދާ އެއްބަސްވުމެކެވެ.

އެއްބަސްވުން އިއުލާން ކުރުމުގެ ކުރިން، އެ އެއްބަސްވުމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ރުހުން ބޭނުންވާނެއެވެ.

ހޮރްމޫޒާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް މިއައީ، އަންގާރަ ދުވަހުގެ ނިޔަލަށް ހޮރްމޫޒު ނުހުޅުވައިފިނަމަ މުޅި އީރާނު ސުންނާފަތި ކުރާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކޮށްފައި ވަނިކޮށެވެ.

އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދިނުމަށްފަހުވެސް އެމެރިކާގެ ރައީސް ބުނެފައިވަނީ އޭނާ ބޭނުންވަނީ އެއްބަސްވުމެއް ހެދުމަށް ކަމަށާއި، އަސްކަރީ ހަމަލާ ދިނުމަށް ނޫން ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާއިން އޮތީ އީރާނަށް ހަމަލާދޭ ފަށަން ކަމަށް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ.

އުމާނުގައި ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާ ބައިވެރިއެއް ނުކުރެއެވެ. އެހެން ނަމަވެސް، އެމެރިކާއިން ވާހަކަތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމުގެ ރިޕޯޓްތައް ފެތުރިފައި ވެއެވެ.

އީރާނުން ކުރިން ބުނެފައިވަނީ، ހޮރްމޫޒް މެނޭޖްކުރުމާ ގުޅޭގޮތުން އީރާނާއި އުމާނުން އެއްބަސްވުމެއް ހެދިޔަސް ހޮރްމޫޒު ވަގުތުން ނުހުޅުވޭނޭ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި