ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކަށް ފޮނުވި އިތުރު އާރޯ ޕްލާންޓާ އެކު ފެން އުފެއްދުމުގެ ޤާބިލުކަން 90 އިންސައްތަ އިތުރުވާނެ: ފަހުމީ

MWSC MD Fahumy
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފުވައްމުލައް ސިޓީގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ އިތުރު އާރޯ (އާރް.އޯ) ޕްލާންޓެއް އެ ސިޓީއަށް ގެންގޮސްފިއެވެ.

އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އާރޯ ޕްލާންޓް އޮޕަރޭޝަނަށް ގެނައުމާއެކު، ފުވައްމުލަކުގައި ފެން އުފެއްދުމުގެ ޤާބިލުކަން ގާތްގަނޑަކަށް 90 އިންސައްތަ އިތުރުވެގެންދާނެ ކަމަށެވެ.

ފުވައްމުލަކަށް ފޮނުވި އިތުރު އާރޯ ޕްލާންޓާ އެކު ފެން އުފެއްދުމުގެ ޤާބިލުކަން 90 އިންސައްތަ އިތުރުވާނެ

މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރާއެކު ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ވެފައިވާ ވަޢުދު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ފެނަކަ ކޯޕަރޭޝަނުން ބަލަހައްޓަމުން ގެންދިޔަ އައްޑޫ ސިޓީ (ހުޅުދޫ އަދި މީދޫ ހިމެނޭހެން) އާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް އެމްޑަބްލިއުއެސްސީން ރަސްމީކޮށް ހަވާލުވެފައިވަނީ މި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި ބަދަލު ގެނައުމަށްޓަކައި އެމްޑަބްލިއުއެސްސީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވަނީ ޚާއްޞަ ފްރޭމްވޯކް އެއްބަސްވުމެއް އެކުލަވާލައި ސޮއިކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ދެ ސިޓީގެ އިންފްރާސްޓްރަކްޗަރ ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމައަށް ނިމިފައެވެ.

އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދޭގޮތުގައި، ޚިދުމަތް ބަދަލުވަމުންދާ މަރުޙަލާގައިވެސް އެއްވެސް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދަނީ އިސްކަންދެމުންނެވެ. އަދި މި ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކޮށްދިނުމަށްޓަކައި މިހާތަނަށް ހަދާފައިވާ ފަންނީ އެސެސްމަންޓްތަކަށް ބިނާކޮށް، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ޚިދުމަތްތައް އަޕްގްރޭޑްކުރުމަށާއި، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީން މީހަކު ހައްޔަރުކޮށްފި

އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ސޮއިކޮށްފި

WhatsApp Image 2026 10 03 at 13.03.15

އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމްޑަބްލިޔުއެސްސީން ރަސްމީކޮށް ހަވާލުވެއްޖެ