ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ކޮންގްރެސް އިފުތިތާހީ ޖަލްސާގައި ޕީއެންސީގެ ފަރާތުން މިނިސްޓަރު ޝިޔާމް ބައިވެރިވެވަޑައިގެންފި

Qw
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އިފުތިތާހުކުރުމަށް މިރޭ ބާއްވާ ޚާއްޞަ ޖަލްސާގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންފިއެވެ.

މިއީ އެމްޑީޕީގެ ކޮންގްރެސްގެ ހަރާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ އިފުތިތާހީ ޖަލްސާއެވެ. މީގެކުރިން ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

މިރޭ ބޭއްވި އިފުތިތާހީ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދެއްކެވިއެވެ.

HajjCop_ads
Advertisement

އިފުތިތާހީ ޖަލްސާއަށްފަހު މާދަމާ އިންވެސްޓްމަންޓް ފޯރަމް އޮންނައިރު، ކޮންގްރެސްގެ ރަސްމީ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. މި މަސައްކަތްތަކުގެ ތެރޭގައި އެމްޑީޕީގެ އަސާސީ ގަވާއިދަށް އިޞްލާޙު ގެނައުމާއި، ޕާޓީއަށް ގެންނަ ބޮޑެތި ބަދަލުތަކާ ގުޅޭ ގަރާރުގެ އިތުރުން ލާމަރުކަޒީ ނިޒާމާ ގުޅޭ ގަރާރަށް ބަހުސްކޮށް ގޮތް ނިންމުން ހިމެނެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ، ކޮންގްރެސްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި މިހާތަނަށް ނުވަސަތޭކަ އައްޑިހައަށްވުރެ ގިނަ ބައިވެރިން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި ފަންސާސް ފަސްހާސް ތިންސަތޭކަ ނުވަދިހަ ނުވަ މެންބަރުންނާއެކު އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mdp

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

448853 3 30f8e8a5ae5b3f8b5bef85d5a8870a833f2ed4c5

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް އާޒިމް

Qw

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 27 ގައި ބޭއްވުމަށް ނިންމައިފި

Qw

އެމްޑީޕީގެ ‘ބޮޑު ބަދަލު’ ގަރާރު ކޮންގްރެސްއިން ފާސްކޮށްފި