ގދ. ވާދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއަކަށް ގެއްލުންދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ވާދޫގައި ބަހައްޓާފައި ހުރި އެ ބޭންކުގެ އޭޓީއެމްއަށް ގެއްލުންދީފައިވާ މައްސަލައެއް މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ސަމާލުކަމަށް އައިސް، ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މެޝިނަށް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި ފުލުހުން ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އޭޓީއެމް މެޝިނުން ފައިސާ ނެގުމަށާއި ޖަމާކުރުމަށް ހުންނަ ދިމާލަށް ވަނީ ގޭތެރެ ފޮޅައި ސާފުކުރަން ގެންގުޅޭ ފިހިގަނޑެއްގެ ދަނޑި ކޮއްޕައި ޖަހައިފައެވެ.
މި އަމަލު ހިންގީ ކޮން ބަޔަކު އަދި ކޮން މަގުސަދެއްގައި ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.