ގިނަ ޢަދަދެއްގެ ފަތުރުވެރިންނާއެކު އިންޑިއާގެ މަޤްބޫލު ކްރޫޒްލައިނާއެއް ކަމަށްވާ "އެމް.އެސް ކޯޑީލިއާ އެމްޕްރެސް" ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާގެ ކޮޗިންއިން ފުރައިގެން ރާއްޖެ އައި މި ބޮޑު ކްރޫޒްލައިނާ މާލެ ސަރަޙައްދުގައި ބަނދަރުކުރުމާއެކު، އޭގައި ތިބި ގިނަ ޢަދަދެއްގެ ފަތުރުވެރިން ވަނީ ވެރިރަށް މާލެއަށް ފައިބައި، މާލޭގެ އެކި ތަންތަނަށް ޒިޔާރަތްކޮށްފައެވެ. މި ބޯޓުން ރާއްޖެ އައި 1،628 ފަތުރުވެރިންނާއި 588 ފަޅުވެރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ.

Seaport officers facilitated immigration en-route clearance for 1,628 passengers and 588 crew members aboard the MS Cordelia Empress, which arrived in Malé on 24th November 2026 from Cochin, India.

އިންޑިއާގެ ކުންފުންޏަކުން އޮޕަރޭޓްކުރާ ކޯޑީލިއާ ކްރޫޒް މައިގަނޑު ގޮތެއްގައި ދަތުރުކުރަނީ ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ އެކި ސިޓީތަކަށެވެ. "އެމްޕްރެސް އޮފް ދަ ސީޒް" މަރުކާގެ މި ބޯޓަކީ އެއްފަހަރާ 1،900 އަށްވުރެ ގިނަ ފަސިންޖަރުންނާއި 600 އަށްވުރެ ގިނަ ފަޅުވެރިން އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބިޔަ އުޅަނދެކެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖެއަކީ ކްރޫޒްލައިނާތަކުގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަންޒިލަކަށް ވާއިރު، މިއަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުގައި ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ބޯޓުފަހަރުގައި 17،061 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 8،263 ފަތުރުވެރިންނާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު ކުރިއެރުމެކެވެ.