ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، ހުޅުމާލޭގައި ހުންނަ އެކޮމޮޑޭޝަން ބްލޮކްތަކެއް ބަލައި ފާސްކޮށް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައިވާ ގޮތުން، މި ރެއިޑް އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އުފައްދާފައިވާ ހާއްސަ ޓާސްކް ފޯހުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
Maldives Immigration@ImmigrationMVThe Task Force conducted a raid targeting accommodation blocks in Hulhumalé yesterday.
A total of 13 expatriates were inspected, and 01 expatriates found in violation of immigration regulations was detained.
@PoliceMv
@HomeMinistrymv



އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، އިއްޔެ ހުޅުމާލޭގައި ހިންގި މި ބަލައި ފާސްކުރުމުގެ ތެރޭގައި ޖުމްލަ 13 ބިދޭސީއެއްގެ ވިސާ އަދި ލިޔެކިޔުންތައް ޗެކްކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން އިމިގްރޭޝަނުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ އެކަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން، މިހާތަނަށް ގިނަ އަދަދެއްގެ އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ. އެގޮތުން، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލައި، ޑީޕޯޓްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތްކުރާ ބަޔަކަށް ހެދުމާއެކު، ހުއްދަނެތި ވިޔަފާރިކުރާ އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމެވެ. އެހެންކަމުން މިފަދަ އިންސްޕެކްޝަންތައް މާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.