ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކެފޭތަކަށް އަމާޒުކޮށްގެން ޓާސްކް ފޯހުން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން އެ ތަންތަނުގައި މަސައްކަތްކުރަމުން ދިޔަ ޖުމްލަ 22 ބިދޭސީއެއްގެ ވިސާ އަދި ލިޔެކިޔުންތައް ޗެކުކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ތިން މީހަކީ އެއްވެސް ޤާނޫނީ ހުއްދައެއް ނެތި، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންކަން ކަށަވަރުވުމާ ގުޅިގެން، އެ ތިން މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ.
Maldives Immigration@ImmigrationMVThe Task Force conducted a raid yesterday targeting illegally operated cafes in Hulhumale. A total of 22 expatriates were inspected, and 3 expatriates found to be working illegally were detained.
@PoliceMv
@HomeMinistrymv



ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރަމުންދާ ބިދޭސީން ހޯދުމަށްޓަކައި ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިފަދަ އިންސްޕެކްޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ހުއްދަނެތި ކުރަމުންދާ ވިޔަފާރިތައް ހުއްޓުވައި، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ޙައްލެއް ހޯދުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.