ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

HRYGZ5DaUAAEvMk
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަންގައި 13 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގި މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 426 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ މާލެއާއި އަތޮޅުތެރޭގެ ތަންތަން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.

HajjCop_ads
Advertisement

މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަޤްސަދުގައެވެ. ސަރުކާރުން ނިންމާފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ފާސްކުރުންތައް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ، ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރެވޭ މަސައްކަތުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

788

ވަކި ގަޑިތަކެއްގައި މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

Qw

މާލެއާއި ހުޅުމާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ޕާކްކުރުން މަނާކޮށް ފިޔަވަޅު އަޅަން ފަށަނީ

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

Large 170819522430tbxu

މާލޭގައި އިމާރާތްކުރާ ދެ ޕާކިން ބިލްޑިން އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމާނެ