ކާރިސާތަކުގެ ހިރާސްތަކާ ގުޅޭ މައުލޫމާތު ބަދަލުކުރުމާއި، ގިނަ ނުރައްކާތައް ދެނެގަނެ ވަޒަންކުރުމުގެ އިތުރުން ލިބިދާނެ ގެއްލުންތައް ދުރާލައި ލަފާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ބޭއްވި ސަރަހައްދީ މާހިރުންގެ ބައްދަލުވުން ދިވެހިރާއްޖޭގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

The Regional Expert Group Meeting on Strengthening Disaster Risk Data Interoperability, Multi-Hazard Risk Assessment and Impact-Based Forecasting concludes in Maldives.

The two-day meeting brought together representatives from member States, observer countries, regional …

މި ބައްދަލުވުމަކީ "ރީޖަނަލް އެކްސްޕާޓް ގްރޫޕް މީޓިންގ އޮން ސްޓްރެންތަނިންގ ޑިޒާސްޓަރ ރިސްކް ޑޭޓާ އިންޓަރއޮޕަރަބިލިޓީ، މަލްޓި-ހަޒާޑް ރިސްކް އެސެސްމަންޓް އެންޑް އިމްޕެކްޓް-ބޭސްޑް ފޯކާސްޓިންގ" ގެ ނަމުގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުހިންމު ބައްދަލުވުމުގައި މެންބަރު ގައުމުތަކާއި، އޮބްޒާވަރު ގައުމުތަކުގެ އިތުރުން ސަރަހައްދީ ޖަމްއިއްޔާތަކާއި ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކާރިސާތަކުގެ ހިރާސްތަކާ ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަމުގައި އިސްކަންދޭންވީ މުހިންމު ކަންކަން ދެނެގަތުމަށެވެ. އަދި ބައިވެރިންގެ މެދުގައި މި ދާއިރާއިން ލިބިފައިވާ ތަޖުރިބާތައްވެސް ވަނީ ހިއްސާކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ބައްދަލުވުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން އޭޕީޑީއައިއެމް އާއި ޔޫއެން އެސްކެޕްގެ އިތުރުން ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކަށާއި، މާހިރުންނަށް އަދި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުން ދެއްވި އަގުހުރި އެއްބާރުލުމަށް އެންޑީއެމްއޭއިން ވަނީ ހާއްސަ ޝުކުރެއް ރައްދުކޮށްފައެވެ.