ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

TTH_Ads
STO_Ads
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 5 ގެ އެޕާޓްމަންޓެއްގައި، ޖަނަވަރީ 30 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު 38 އެޕާޓްމަންޓުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކޮށް ނިންމަން މަސައްކަތް ފަށާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހާދިސާގައި މީހަކަށް ގެއްލުމެއް ނުވިނަމަވެސް، އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެ އާއްމު ދިރިއުޅުމުގައި އުނދަގޫތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން، 38 އެޕާޓްމަންޓެއްގެ ނަރުދަމާ ހޮޅިއަށް ގެއްލުންވެފައިވާކަން އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީއިން “ޕީއެސްއެމް” އަށް ދިން މަޢުލޫމާތުގައި ބުނީ، ނަރުދަމާއަށް ގެއްލުން ލިބުނު އެޕާޓްމަންޓްތަކުގައި މިހާރު ވައިގޮޅީގައި ހުރި އޭސީ ޔުނިޓުތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ނަރުދަމާ ހޮޅިތަކަށް ލިބުނު ގެއްލުންތައް ދެނެގަނެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

HajjCop_ads
Advertisement

މަސައްކަތް ކުރާއިރު، އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އެޗްޑީސީއަށް އެއްބާރުލުން ދިނުމަށް އެކުންފުނިން ވަނީ އެދިފައެވެ. ކުންފުނީގެ އަމާޒަކީ ހަފްތާއެއްތެރޭ އެމައްސަލަ އެއްކޮށް ހައްލުކުރުމެވެ.

ހުކުރު ދުވަހުގެ ހަވީރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 30 އެޕާޓްމަންޓަކުން 140 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އަދި، އެފަރާތްތަކުގެ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 20260720 001140 WhatsApp

ތިލަފުށީ ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

dr muthalib

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޯހިޔާވަހިކަމުގެ އާ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރާނަން: މުއްޠަލިބް

އަލިފާނުގެ ހާދިސާ: ދުމުގެ އަސަރުކޮށްގެން ތުއްތު ކުއްޖަކާއި 20 މީހަކަށް ފަރުވާ ދެނީ

Igmh

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލައިފި