ހުޅުމާލޭގެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ގެއްލުން ވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އޮތޯރިޓީން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. މީގެއިތުރުން، އަލިފާން ރޯވުމާ ގުޅިގެން މުޅި ގޭތެރޭގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހިފާފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު
ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން މި އޮތޯރިޓީން ވަނީ ހަރަކާތްތެރިވެފައި. މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެ، ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، …

ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެ އެޕާޓްމަންޓުގައި ދިރިއުޅޭ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ވަނީ ކޮށްފަ އެވެ. އެގޮތުން އެ ގޭގައި ދިރިއުޅޭ ހަތަރު މީހަކަށް އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.

ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން، ހާލުގައި ޖެހުނު އެ ހަތަރު މީހުންނަށް ބޭނުންވާ ކާބޯތަކެތީގެ އެހީތެރިކަންވެސް އެ އިދާރާއިން ވަނީ ފޯރުކޮށްދީފަ އެވެ. އެގޮތުން އެ ފަރާތްތަކަށް ފަސް ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މި ހާދިސާގައި އެޕާޓްމަންޓަށް އެކިވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފަ އެވެ.