ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެންބޮޑުވުމުގެ ކާރިސާތަކަށް އިޖާބަދިނުމަށް ޖަޕާނުން ހަދިޔާކުރި ފެންހިންދާ ޕަންޕުތައް ހަވާލުކުރަން ފަށައިފި

TTH_Ads
STO_Ads
Advertisement

ފެންބޮޑުވުމުގެ ކާރިސާތަކަށް އިޖާބަދިނުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ކައުންސިލްތަކާ ހަވާލުކުރަން ފަށައިފިއެވެ.

ރާއްޖޭގައި ފެންބޮޑުވުމުގެ މައްސަލައަކީ މޫސުމީ ބަދަލުތަކާއެކު ދިމާވަމުންދާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

އެންޑީއެމްއޭން ވިދާޅުވީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ “އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ގެ ފުރަތަމަ ބުރުގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް 5 ރަށެއްގެ ކައުންސިލާ މިހާރު ހަވާލުކޮށްފައިވާކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ޕަންޕުތައް ހަވާލުކުރި ރަށްތަކަކީ ރ. އިނގުރައިދޫ، ކ. ކާށިދޫ، މ. މުލައް، އއ. ފެރިދޫ އަދި ތ. ކަނޑޫދޫއެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބިފައިވާ 40 ޕަންޕު، ފުރަތަމަ ބުރުގައި 20 ރަށަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ކޮންމެ ރަށަކަށް ދެ ޕަންޕާއި ޕަންޕަށް ބޭނުންވާ އިތުރު ސާމާނުތައް ހަވާލުކުރެވޭނެ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ޕަންޕު ފޯރުކޮށްދޭންޖެހޭ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ، މީގެ ކުރިން އެ އޮތޯރިޓީން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށް ބަލައިގެން ކަމަށެވެ.

މި މަޝްރޫޢަކީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތަކުގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.

މި މަޝްރޫޢުގެ ދެވަނަ ބުރުގައި 15 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

2 ވަނަ ބުރުގައި ޕަންޕު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތައް:
• ހއ. އިހަވަންދޫ
• ހއ. ދިއްދޫ
• ހއ. އުލިގަން
• ހދ. ނެއްލައިދޫ
• ނ. މާފަރު
• ރ. ފައިނު
• ބ. ކުޑަރިކިލު
• ޅ. ނައިފަރު
• ކ. ގާފަރު
• ތ. ބުރުނީ
• ދ. ހުޅުދެލި
• ފ. މަގޫދޫ
• ފ. ބިލެއްދޫ
• ގދ. ހޯޑެއްދޫ
• ގދ. ކަނޑުހުޅުދޫ

މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހެއެވެ.

މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެންބޮޑުވާ ރަށްރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްތައް ނުވަތަ ފެން ހިންދާ ނިޒާމުތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ސަރުކާރުން ދަނީ ހިންގަމުންނެވެ. މިގޮތުން މާލެއާއި އަތޮޅުތަކުގެ ބައެއް ބޮޑެތި ރަށްރަށުގައި މިހާރުވެސް މިފަދަ ނިޒާމުތައް ވަނީ ޤާއިމުކުރަން ފަށާފައެވެ. އަދި ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ޖަޕާނުގެ 66 މިލިއަން ރުފިޔާގެ އެހީއެއް

hulhumale

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި