ކ. ހުރާގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރަމުންދިޔަ ބިދޭސީން ހޯދުމަށް ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި، 43 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ބަލައިފާސްކުރުމަށް ޓާސްކުފޯހުން އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކ. ހުރާގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައި. މި އޮޕަރޭޝަނުގައި 341 މީހަކު ބަލައިފާސްކޮށް، އޭގެ ތެރެއިން 43 މީހަކު ވަނީ …

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް އެކުލަވައިލާފައިވާ ހާއްސަ ޓާސްކްފޯހުން އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް އެ ރަށުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 341 މީހަކު ބަލައިފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު 43 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ފާއިތުވި ތިން އަހަރުގެ ތެރޭގައި 13،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިފަހުން ވިދާޅުވެފައެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ 99 އިންސައްތަ މައުލޫމާތު އެއްކޮށް، ދަފްތަރު ވަނީ އެކުލަވައިލެވިފައެވެ. އަދި މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އެންމެ އިންސައްތައެއްހާ ގައުމަށް ނޫނީ ހާސިލުކުރެވިފައި ނުވާފަދަ ބޮޑު ކާމިޔާބީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވުމަކީ ރާއްޖޭގެ އިގްތިސާދަށާއި އިޖުތިމާއީ ފޭރާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށްޓަކައި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ އިތުރުން، ދިވެހިންގެ ނަމުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ، އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

މީގެއިތުރުން، ސަރުކާރުގެ މި ސިޔާސަތުގެ ދަށުން، އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ޤަގަވާއިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ވަގުތުން ޑީޕޯޓްކޮށްލާނެ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.