މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ތަޢުލީމާ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ހިތްވަރުދެއްވާ ކާމިޔާބީއަށް އެދިވަޑައިގަންނަވައިފިއެވެ.
8000އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އޮމްތިހާނު ރާއްޖޭގައި މިއަދު ވަނީ ފަށާފައެވެ.
މިއާއެކު ވަޒީރު ވަނީ އެ ދަރިވަރުންނަށް ހިތްވަރު ދެއްވައި، ހުރިހާ ކުދިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ޚާއްޞަކޮށް ވަޒީރު ވަނީ ހުރިހާ ކުދިންވެސް ނަމާދުން ހިތްވަރު ލިބިގަނެ ރަނގަޅު ނަތީޖާއެއް ދެއްވުން އެދި މާތްﷲއަށް ގިނަ ގިނައިން ދުޢާކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އޯލެވެލް އިމްތިޙާނު މިމަހުގެ 20 އިން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8111 ދަރިވަރުން ބައިވެރިވެފައިވާއިރު އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެއެވެ.
މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި ރަށްރަށުގެ 242 ސެންޓަރުގައި 2869 ދަރިވަރުން އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ. އާދިއްތަ ދުވަހު އެންމެ ފުރަތަމަ ދަރިވަރުން ހެދުމަށް ހަމަޖެހިފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި ޕޭޕަރެވެ.
އަހަރުގެ މެދުތެރެއިން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ގެނެސްފައިވާ ބަދަލު އިސްލާޙުކޮށް ސަރުކާރުންވަނީ މިހާރު ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ކިޔެވުން ފަށާ އެއަހަރުގެ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ދިމާވާގޮތަށް މިއަހަރުން ފެށިގެން ދިރާސީ އަހަރުގެ ކަލަންޑަރު ބަދަލުކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު