ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް 48 އިންސައްތައަށް އިތުރުވެއްޖެ

465380 aae6f215 0
TTH_Ads
STO_Ads
Advertisement

މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް 48 އިންސައްތައަށް އިތުރުވެއްޖެކަމަށް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްސީގެ އާ އިމާރާތުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު 2025 ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރު ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގްރޭޑް 10 ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީއަށް ވަންނަނީ އެންމެ 34 އިންސައްތަ ކުދިން ކަމަށެވެ. ނަމަވެސް، ސިޔާސަތަށް ގެނައި ބަދަލުތަކާއި ހުޅުވާލި ފުރުސަތުތަކާއެކު މިހާރު ﷲގެ ވާގިފުޅާއެކު އެ އަދަދު 48 އިންސައްތައަށް އިތުރުކުރެވިފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި، މީގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ސްކޫލަކީ މިދިޔަ އަހަރު އުފައްދައި މިހާރުވެސް ކިޔަވައިދެމުންދާ މަރުކަޒެއް ކަމަށެވެ. ދަރިވަރުންނަށް އެންމެ އެކަށީގެންވާ މާހައުލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

HajjCop_ads
Advertisement

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހުނަރު ތަރައްގީކުރުމުގެ ބައި ހަރުދަނާކޮށް، ސިނާއަތްތަކާ ގުޅިގެން ވޯކް ބޭސް އެޕްރެންޓިސްޝިޕް ފުރުސަތުތައް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ. މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޒުވާނުންނަކީ އުފެއްދުންތެރި އަދި ބާރުވެރި ބަޔަކަށް ހަދައި، ގައުމުގެ އިންސާނީ ވަސީލަތް އިތުރަށް ކުރިއެރުވުންކަމަށް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

90

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުން އިތުރުވާނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ

Igmh

ދަރިވަރުން އަމިއްލައަށް ކިޔެވުމަށް ޒިންމާވެ ޓިއުޝަންގެ ސަގާފަތާ ދުރުވުމަށް އެޑިއުކޭޝަން މިނިސްޓަރު ގޮވާލައްވައިފި

education minister

ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އިން މައްޗަށް

Io

މި ދުވަސްވަރު 8،000 އެއްހާ ދަރިވަރުން ގަަވާއިދުން ސުކޫލަށް ނުދޭ: މިނިސްޓަރު