ކޮންމެ ދަރިވަރަކުވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއެކު، އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރު ދެއްވައިފިއެވެ.

އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން، އެ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ހިތްވަރުދެއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ ހުރިހާ ދަރިވަރުންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މިއީ ލޮބުވެތި ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު ދަރިވަރުން މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިޙާނުކަމަށާއި، ކޮންމެ ދަރިވަރަކުވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއެކު، އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ވަނީ ހިތްވަރުދެއްވާފައެވެ.

އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހިތްވަރުދީ، ފުރިހަމަ ކާމިޔާބީއަށް އެދެން.
މިއީ ލޮބުވެތި ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު ތިޔަ ދަރިވަރުން މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ …

ނައިބު ރައީސް ވަނީ ކާމިޔާބީއަށް އެދި އުންމީދާއެކު މާތް ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވުން ގިނަ ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއެއް މިންވަރުކުރެއްވުމާއި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 8000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ. 267 ސެންޓަރުގައި އިމްތިޙާނު ހަދައެވެ. އޯލެވެލް އިމްތިޙާނު ނޮވެންބަރު މަހުގެ 12ގެ ނިޔަލަށް ކުރިއަށްދާނެއެވެ.