ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަސްވެނީންގެ ޢިލްމާއި ހުނަރުގެ އަލީގައި އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންފި

474314 51865789 f
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ޤައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މިރޭ ބޭއްވި ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026 ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިރޭގެ ޙަފުލާގައި ޝަރަފްވެރި އެވޯޑުތައް ހާޞިލްކުރި އެންމެހާ ދަސްވެނީންނަށާއި، އެ ދަސްވެނީންގެ ލޮބުވެތި ޢާއިލާތަކަށް ތަހުނިޔާއާއި މުބާރިކުބާދީ ދެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމާއި މުޅި މުޖުތަމަޢަށް ދިމާވެފައިހުރި މައްސަލަތައް ޙައްލުކުރުމުގައި ދަސްވެނީންގެ ސިކުނޑިތަކުން އީޖާދީ ވިސްނުން އިސްކުރަން ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މުޅި މުޖުތަމަޢަށް ބޭނުންވެފައިހުރި ކަންކަމަށް ދާއިމީ ޙައްލު ހޯދައިދިނުމުގައި އެބޭފުޅުންގެ ވިސްނުންތަކުގެ ބޭނުން އިންތިހާއަށް ބޮޑުކަމަށާއި އެމަގަށް މަސައްކަތް ކޮށްދެއްވާ، މުޅި މުޖުތަމަޢު އުފާ ކުރުވަނިވި ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، މާދަމާ މަސައްކަތު މާހައުލަށް ނިކުމެ އެބޭފުޅުން ކުރާ މަސައްކަތް ވެގެންދާނީ ވަރަށް ޒިންމާދާރު، އެ މާހައުލަކާ ގުޅޭ އަދި މަސައްކަތުގެ ސްޕީޑު އަވަސް އީޖާދީ ވިސްނުންތައް އެތަންތަނަށް ހޯދައިދޭނެ މަސައްކަތަކަށް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާއި މުއައްސަސާތަކާ ދޭތެރޭގައި އޮންނަ އިތުބާރު ބަދަހިވެ، އިތުރަށް ފުރިހަމަ ވެގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެސް ވަރަށް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ އުންމީދު ހަޤީޤަތަކަށް ހެދުމަށްޓަކައި، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމުގެ ދުރުރާސްތާ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާ، އިޢުލާން ކުރައްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ތަޞައްވުރު ހާސިލުކުރުމަށް އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެހީތެރިކަން ބޭނުންވާ ކަމަށާއި އަދި ހާއްސަގޮތެއްގައި ޒުވާނުން އިސްނަގައިގެން، ދަސްވެނީންގެ އީޖާދީ ވިސްނުންތައް އިސްކޮށްގެން މި މަސައްކަތުގައި އަމިއްލައަށް ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިރޭ ބޭއްވި ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026 ޙަފުލާގައި، ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް ހާޞިލްކުރި ޕޯސްޓް ގްރެޖްއޭޓް ޕްރޮގްރާމްގެ ދަސްވެނިންނަށް އެވޯޑް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

473847 11d95892 2

ވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމުގެ ގޮތުން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެއިން ގޮވާލައްވައިފި

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ވިލުންތެރިކަން އިތުރުކުރުން: ނާއިބުރައީސް

HS1 kSnaoAAcMyD

އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއާއި ބަންގްލަދޭޝުން މަޝްވަރާކޮށްފި

Big 2H3cT1fLLSg9dY08glQA4sEYJ

އދ.ގެ އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި