މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފިންލިޓް ފެސްޓް ރަށްރަށަށް ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ އުތުރުން ހއ.ގެ 6 ރަށެއްގައި ކާމިޔާބު ކަމާއެކު ފިންލިޓްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.

މިއީ މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އިގްތިސާދީ ތައުލީމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް ރަށްރަށުގައި މިހައި ފުޅާ ދާއިރާއެއްގައި މި ހަރަކާތްތައް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

މި މަހުގެ 22-20 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްއެމްއޭގެ ޓީމުން ހއ. ދިއްދޫ، ވަށަފަރު، ކެލާ، ފިއްލަދޫ، އުތީމު އަދި މުރައިދޫގައި ފިންލިޓް ފެސްޓްގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

އިޝްތިހާރު އިޝްތިހާރު

އެމްއެމްއޭއިން ވިދާޅުވީ، މި ހަރަކާތްތަކުގެ ތެރެއިން އާންމު ފަރުދުންނަށާއި ސްކޫލް ދަރިވަރުންނަށް ގިނަ މައުލޫމާތުތަކެއް ދިން ކަމަށެވެ. އަދި މި ހަރަކާތުގައި ގަވަރުނަރު އަހްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވެސް ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާ ވެސް އެމްއެމްއޭގެ ޓީމާއެކު ފިންލިޓްގެ ހަރަކާތްތަކުގައި ބައިވެރިވިއެވެ.

ދިއްދޫ

ފިންލިޓް ފެސްޓްގެ ހއ. ދަތުރުގައި ފުރަތަމަ ރަށަކަށް އޮތީ ދިއްދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެވެ. މި ހަރަކާތް ފެށީ ކުޑަކުދިންނަށް ހާއްސަކޮށްގެން އެމްއެމްއޭއިން ކުރިއަށް ގެންދިޔަ 'ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް' ކުޑަކުދިންގެ ހަވީރުންނެވެ. މިހަވީރުގައި ރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލެއް ވެސް ބެހެއްޓިފައި ހުއްޓެވެ. މި ސްޓޯލް އިން ރާއްޖޭގައި އެންމެ ކުރީ ޒަމާނުއްސުރެ ގެންގުޅެމުން އައި ފައިސާ ފޮއްޗާއި ނޫޓުތައް ފެންނާނޭހެން ބަހައްޓާފައިވެއެވެ.

މި ހަވީރުގައި މާލީ މެސެޖްތައް ލިބޭ ކަހަލަ އެކިއެކި ގޭމްސްތައް ވެސް ކުރިއަށް ގެންދިޔައެވެ. މީގެ އިތުރުން ތަފާތު އެކިއެކި ކުޅިވަރުތަކާއި ފޭސް ޕެއިންޓިން ފަދަ ކަންތައްތައް ކުރިއަށް ދިޔައެވެ. އަދި މާލީ ގޮތުން ހޭލުންތެރިކުރުމުގެ މެސެޖުތައް ވެސް މި ހަވީރުގެ ތެރެއިން ބައިވެރިންނާ ހިއްސާކުރެވުނެވެ. އަދި ބައިވެރިންނަށް ހަދިޔާގެ ގޮތުގައި ގިފްޓް ކާޑުތައް ވަނީ ދީފައެވެ.

ދިއްދޫގައި ބޭއްވުނު ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވެސް ބައިވެރިވުމާއެކު އެވެ. އަދި މި ހަވީރު ބޭއްވުމަށް ދިއްދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރިހަމަ އެއްބާރުލުން ލިބުނުކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.

އެމްއެމްއޭގެ "ފިންލިޓް ފެސްޓް" ހއ. އަތޮޅުގެ 6 ރަށެއްގައި ނިންމާލައިފި---ފޮޓޯ: އެމްއެމްއޭކުޑަކުދިންގެ ހަވީރަށް ފަހު 20 ވަނަ ދުވަހުގެ ރޭ ދިއްދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ފޯކަސްގްރޫޕް ޑިސްކަޝަނެއް ކުރިއަށް ގެންދިޔައެވެ. މި ސެޝަން ކުރިއަށް ގެންދެވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ. މި ސެޝަންގެ ބައިވެރިން ވަނީ މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި ވަކިން ޚާއްސަކޮށް މާލީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވެސް ބައިވެރިން ވާހަކަދެއްކިއެވެ. އަދި ސެޝަންގައި ބައިވެރިންގެ ފަރާތުން ހުށަހެޅުނު ސުވާލުތަކަށް ޑެޕިއުޓީ ގަވަރުނަރު ޖަވާބުދެއްވާފައިވެއެވެ.

އެމްއެމްއޭގެ "ފިންލިޓް ފެސްޓް" ހއ. އަތޮޅުގެ 6 ރަށެއްގައި ނިންމާލައިފި---ފޮޓޯ: އެމްއެމްއޭދިއްދޫގެ ފިންލިޓް ފެސްޓް ހަރަކާތްތައް ނިންމައިލީ 21 ނޮވެންބަރުގައި ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާއާއެކު ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނާއެކުއެވެ. މި ސެޝަންގައި ފައިސާގެންގުޅުމާއި ޒިންމާދާރު ކަމާއެކު މާލީ ނިންމުތައް ނިންމުމުގެ މައްޗަށް ދަރިވަރުންނަށް މައުލޫމާތު ދިނެވެ.

ވަށަފަރު

ފިންލިޓް ފެސްޓްގެ ދަށުން ވަށަފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި މާލީ ހޭލުންތެރިކަމާއި ޑިޖިޓަލް ޕޭމަންޓާއި އިގްތިސާދީ އަދި މާލީގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަހުލުވެރިކުރުން ފަދަ ކަންތައްތައް ކުރިއަށް ދިޔައެވެ.

އެ ގޮތުން، ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާ ވަނީ ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދީފައެވެ. އަދި ޕޭމަންޓް މޯލްޑިވްސްގެ ހެޑް އޮފް މާކެޓިން އެންޑް ޓްރާންސްފޮމޭޝަން މަރިޔަމް ޝިފާވަނީ ފަވަރަ އާ ބެހޭގޮތުންނާއި ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓްގެ ކުރިމަގާއި ބެހޭގޮތުން މައުލޫމާތު ދީފައެވެ.

ވަށަފަރުގައި ވެސް އަންހެނުންގެ މާލީ ބައިވެރިވުމާއި އެ ފަރާތްތަކަށް މާލީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ފޯކަސް ގްރޫޕް ޑިސްކަޝަނެއް ބޭއްވިއެވެ. މި ސެޝަން ވެސް ކުރިއަށް ގެންދެވީ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ. މި ސެޝަންގެ ބައިވެރިން ވަނީ މާލީބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި ވަކިން ޚާއްސަކޮށް މާލީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވެސް ބައިވެރިން ވާހަކަދެއްކިއެވެ.

ވަށަފަރުގެ ފިންލިޓް ފެސްޓް ހަރަކާތްތައް ނިންމައިލީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކްލަބް އެމްއެމްއޭއިން ކުރިއަށް ގެންދިޔަ 'ކިޑްސް ކްލަބްހައުސް' ކުޑަކުދިންގެ ހަވީރުންނެވެ. މި ހަވީރުގައި ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލެއް ބަހައްޓާފައި ހުއްޓެވެ. މި ސްޓޯލް އިން ރާއްޖޭގައި އެންމެ ކުރީ ޒަމާނުއްސުރެ ގެންގުޅެމުން އައި ފައިސާ ފޮއްޗާއި ނޫޓުތައް ފެންނާނޭހެން ބަހައްޓާފައިވެއެވެ.

މި ހަވީރުގައި މާލީ މެސެޖްތައް ލިބޭ ކަހަލަ އެކިއެކި ގޭމްސްތައް ހުއްޓެވެ. މީގެ އިތުރުންތަފާތު އެކިއެކި ކުޅިވަރުތަކާއި ފޭސް ޕެއިންޓިން ފަދަ ކަންތައްތައް ކުރިއަށް ދިޔައެވެ. އަދި މާލީ ގޮތުން ހޭލުންތެރިކުރުމުގެ މެސެޖުތައް ވެސް މި ހަވީރުގެ ތެރެއިން ބައިވެރިންނާ ހިއްސާކުރެވުނެވެ. އަދި ބައިވެރިންނަށް ހަދިޔާގެ ގޮތުގައި ގިފްޓް ކާޑުތައް ވަނީ ދީފައެވެ.

ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް ވަށަފަރު ކުރިއަށް ގެންގޮސްފައިވަނީ ވަށަފަރު ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ވައުދު ޖަމްއިއްޔާ އާއި ޗެލެންޖަރސް ސްޕޯޓްސް ކްލަބްގެއެހީތެރިކަމާއެކުއެވެ.

ފިއްލަދޫ

ހއ ފިއްލަދޫގައި އެމްއެމްއޭގެ ޓީމުން ވަނީ އެ ރަށުގެ ސްކޫލް ދަރިވަރުންނަށް މާލީ ހޭލުންތެރަމާއި އިގްތިސާދާ ބެހޭގޮތުން މުހިންމު މައުލޫމާތު ދިނުމަށް ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ފިއްލަދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ދަރިވަރުންނަށް ރާއްޖޭގެ ފައިސާގެ ތާރީޚާ ބެހޭގޮތުން ވެސް މައުލޫމާތު ދިނެވެ. އެ ގޮތުން މި ސެޝަންގައި އެކި ޒަމާންތަކުގައި ރާއްޖޭގައި ބޭނުންކޮށްފައިވާ ފައިސާ ފޮއްޗާއި ނޫޓުތައް ދަރިވަރުންނަށް ދެއްކުމަށް ކަރަންސީ ކޯނަރެއް ބަހައްޓާފައިވެއެވެ.

ފިންލިޓް ފެސްޓް ހަރަކާތްތައް އުތީމުގައި ކުރިއަށް ގެންދިޔައީ ސްކޫލް ދަރިންވަރުންނަށާއި ރަށު ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. އެ ގޮތުން ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވި ސެޝަންގައި މައުލޫމާތު ދެއްވީ އަހްމަދު ރިޒާއެވެ. ރިޒާގެ ސެޝަންގައި ކުޑައިރުއްސުރެ ފައިސާ ގެންގުޅުމުގައި ޒިންމާދާރު ކަމާއެކު ފައިސާ ޚަރަދުކުރުން އަށަގެންނެވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ ވާހަކަދައްކާފައެވެ.

މީގެ އިތުރުން، އެމްއެމްއޭގެ ޓީމުން ވަނީ އުތީމު ރައްޔިތުންނަށް މާލީ ހޭލުންތެރިކަން އިތުރުކުރުމާގުޅޭ ގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި މާލީ ގޮތުން އެގިހުރެ ނިންމުންތައް ނިންމުމުގެ މުހިންމު ކަމާބެހޭގޮތުން މައުލޫމާތު ދެވުނެވެ.

މުރައިދޫ

މުރައިދޫގައި އެމްއެމްއޭގެ ފިންލިޓް ފެސްޓް ޓީމުން ވަނީ މުރައިދޫ ސްކޫލް ދަރިވަރުންނަށް އިގްތިސާދީ ދާއިރާއާއި މާލީ ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ. މި ސެޝަން ކުރިއަށް ދިޔައީ 22 ނޮވެންބަރުގައެވެ.

މި ސެޝަންގައި ގަވަރުނަރު އަހްމަދު މުނައްވަރު ބައިވެރިވެ ވަޑައިގެން، ރާއްޖޭގެ އިގުތިސާދާ ބެހޭގޮތުންނާއި ބޭންކިންއާއި މާލީ ދާއިރާގެ ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވިއެވެ. މި ސެޝަންގައި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވެސް ބައިވެރިވަޑައިގެންނެވިއެވެ.

އެމްއެމްއޭގެ "ފިންލިޓް ފެސްޓް" ހއ. އަތޮޅުގެ 6 ރަށެއްގައި ނިންމާލައިފި---ފޮޓޯ: އެމްއެމްއޭމި ސެޝަންގައި ޒިންމާދާރުކަމާއެކު ފައިސާ ހޭދަކުރުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި އިގްތިސާދުގެ އެކިއެކި ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދަރިވަރުންނާ ހިއްސާކުރެވުނެވެ. އަދި ޕޭމަންޓް މޯލްޑިވްސްގެ ފަރާތުން ވެސް ވަނީ ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓްގެ ކުރިމަގާ ބެހޭގޮތުން ވެސް މި ސެޝަންގައި މައުލޫމާތު ދީފައެވެ.

ކެލާ

ކެލާގައި އެމްއެމްއޭގެ ޓީމުން ވަނީ ކެލާ ސްކޫލް ދަރިވަރުންންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަނުގައި ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާބެހޭ ގޮތުން ވެސް ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ.

ކެލާގެ ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި ވެސް އެމްއެމްއޭ ގަވަރުނަރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މާލީ ދާއިރާއާބެހޭ ގޮތުން މުހިންމު މައުލޫމާތުތަކެއް ކުދިންނާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، އަހްމަދު ރިޒާ ވެސް ވަނީ ޒިންމާދާރުކަމާއެކު ފައިސާ ޚަރަދުކުރުމާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައެވެ.

ރާއްޖޭގެ ކަންކޮޅުތަކަށް މާލީ ހޭލުންތެރިކަން ފުޅާކުރުން.އެމްއެމްއޭ ފިންލިޓް ފެސްޓް ހއ. ދަތުރަކީ ރަށްރަށުގައި މި ގޮތަށް މި ހަރަކާތް ފެށުމުގެ ފުރަތަމަ ބުރެވެ.

އަދި ކުރިއަށް އޮތްތާގައި ކޮންމެ އަހަރަކު ވެސް މިފަދަ ސެޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި އަތޮޅުތެރޭގަ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް އެމްއެމްއޭގައި މާލީ ދާއިރާއާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެއެވެ.ގުޅުންހުރި