ދެ ރަށެއްގައި ސަރުކާރުން ގާއިމުކުރި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ހުޅުވައިފިއެވެ.
ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް އަލަށް ހުޅުވީ ރ. ރަސްމާދޫގައާއި އެ އަތޮޅު ހުޅުދުއްފާރުގައެވެ.
މި ގޮފިތައް ހުޅުވައިދެއްވީ މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރުގެ ނާއިބު އަލްއުސްތާޒް ޢަބްދުލްޣަފޫރުއަޙްމަދެވެ. ވަކިވަކިން ބޭއްވި މި ރަސްމިއްޔާތުތަކުގައި ދެ ރަށުގެ ކައުންސިލުގެ އިސް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން ހުޅުވުން ގޮފިތަކެކެވެ. ހުޅުދުއްފާރުގައި ހުޅުވި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕަކީ މި ސަރުކާރުން ބިނާކުރި 12 ވަނަ ގޮފިކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު، ކ. ހުރާ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ކ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހުޅުވާފައިވެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ކީރިތި ގުރުއާނުގެ ދާއިރާ ފުޅާކޮށް، ހިލޭ ކިޔަވައިދޭ ގުރުއާން ކުލާސްތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.