ޒުވާނުންނަށް ޚާއްޞަކޮށްގެން މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލުގައި ކުރިއަށް ގެންދިޔަ "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
Ministry of Youth Empowerment, Sports and Fitness@MoYSF_mvThe closing ceremony of the National Youth Mental Health Conference was held today, with first Lady @sajidhaamohamed attending as the Chief Guest.
Over the three days, participants shared their lived experiences, highlighted challenges faced by young people, and presented …



މި ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ތިން ދުވަހުގެ މުއްދަތަށް "ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި މާލެއިން 67 ޒުވާނުން އަދި އަތޮޅުތަކުން 20 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ތެރެއިން އެކުލަވާލި 6 ޓީމަކުން ވަނީ، ނަފްސާނީ ދުޅަހެޔޮކަމުގެ އެކި ދާއިރާތަކަށް އަމާޒުކޮށް ހައްލުތައް ހިމަނައިގެން 6 ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި މި ރަސްމިއްޔާތުގައި ޕްރެޒެންޓޭޝަން ހުށަހެޅި ޒުވާނުންނަށް ސެޓްފިކެޓް ވެސް ދީފައިވެއެވެ.
އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ، ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމަޢުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ. އެގޮތުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، އިމޯޝަނަލް ވެލްބީއިންގ، ކަންކަމަށް ކެތްތެރިވުން، އާއިލީ ގުޅުންތައް، އިޖުތިމާޢީ ޒިންމާ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން ހިމެނޭހެން މައިގަނޑު 6 ދާއިރާއަކުން މަޝްވަރާތައް ކޮށްފައިވެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގެ އޮފިޝަލް ޕާޓްނަރަކީ، އުރީދޫ މޯލްޑިވްސްއެވެ. މި ކޮންފަރެންސްގައި ކަމާގުޅޭ މުހިންމު ސްޓޭކް ހޯލްޑަރުންގެ ގޮތުގައި ޞިއްޙީ ވުޒާރާއާއި، ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ، ނޭޝަނަލް ޑްރަގު އެޖެންސީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ، މޯލްޑިވްސް ޕޮލިސް ސަރވިސް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަރ ފޯ މެންޓަލް ހެލްތުން ބައިވެރިވިއެވެ.
މިކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ، މައިގަނޑު 3 ތީމަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުން، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އަދި ކޮންފަރެންސްގެ އެންމެފަހު ދުވަހު އޮތީ، މި މަައްސަލަތަކަށް ޒުވާނުން ހައްލު ހުށަހެޅުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.